ads
ޕީޖީ ހުސައިން ޝަމީމް--
ވެންޓިލޭޓަރު މައްސަލާގައި ދައުވާނުކޮށް އަނެއްކާވެސް ފޮނުވާލައިފި
ވެންޓިލޭޓަރު ހިޔާނާތު މައްސަލާގައި މިފަހަރުވެސް ދައުވާ ނުކޮށް، އަނބުރާ އޭސީސީއަށް ފޮނުވާލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް(ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެމައްސަލަ އޭސީސީއަށް ފޮނުވާލީ އިސްލާހުކުރަން ޖެހޭ ކަންކަން ހުރުމުން، އެކަންކަން އިސްލާހު ކުރުމަށްފަހު އަލުން ހުށަހަޅުމަށް ކަމަށެވެ. 

މި މައްސަލާގައި އިސްލާހުކުރަން ހުރި ކަންކަން ހުރިކަމަށް ބުނެ، އޭސީސީއަށް އަނބުރާ ފޮނުވާލި މިއީ ތިންވަނަ ފަހަރެވެ. 

މިދިޔަ ނޮވެމްބަރު މަހުގެ 14ވަނަ ދުވަހު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމައްސަލައިގައި ދައުވާ ނުކޮށް ލަސްވާ ސަބަބު ސާފުކުރަން ނޫސްވެރިއަކު ސުވާލުކުރުމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، އޭސީސީން މިފަހަކަށް އައިސް ވަރަށް ގިނަ މައްސަލަތައް ފޮނުވާފައިވާކަމަށާއި ފޮނުވާއިރަށް ވަރަށް އަވަހަށް އެކަންކަން ނިންމަން މަސައްކަތްވެސް ކުރައްވާ ކަމަށެވެ. 

ނަމަވެސް އޭސީސީއަކީ މިނިވަން މުއައްސަސާއަކަށް ވުމުން މައްސަލަތައް ފޮނުވާއިރު ޕީޖީ އޮފީހާއި އޭސީސީން މަޝްވަރާ ނުކުރާތީ މައްސަލަތައް އަވަހަށް ނިންމުމުގައި ދަތިވާކަމަށް ވިދާޅުވިއެވެ. 

އެދުވަހު ޕީޖީ ޝަމީމް ވިދާޅުވީ، އެމައްސަލާގައި ހަފްތާއެއްތެރޭ ގޮތެއް ނިންމަވާނެ ކަަމަށެވެ. އޭގެ ތިން ހަފްތާ ފަހުން މިއަދު އެ މައްސަލާގައި ދައުވާ ނުކޮށް އަލުން އިސްލާހް ކުރަން ފޮނުވާލިއިރު، އޭސީސީން މިމައްސަލާގައި ދައުވާކޮށްދޭން ޕީޖީގައި އެދިގެން އުޅޭތާ މިހާރު ދެ އަހަރު ވަނީ ވެފައެވެ. 

އެ މައްސަލައިގައި އޭސީސީން ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭހެން 12 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގައި ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. ނަމަވެސް އެފަހަރު ޕީޖީން އެއްވެސް ފަރާތަކަށް ދައުވާއެއް ނުކުރިއެވެ. 

އެމައްސަލަ މުރާޖާކޮށް އަލުން ޕީޖީ އޮފީހަށް ހުށަހަޅަން އޭސީސީއަށް ފުރުސަތު ލިބުނީ ރައްޔިތުންގެ ޕްރެޝަރާއި ހެދިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް