ads
ޖާވިދު އާއި ޝަބާނާ---
ޝަބާނާ ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ: ޖާވިދު
އެކްޓަރެސް ޝަބާނާ އަޒްމީ ވަރަށް އަވަހަށް ހޮސްޕިޓަލުން ގެއަށް ފޮނުވާލާނެ ކަމަށް އޭނާގެ ފިރިމީހާ ޖާވިދު އަހްތަރު ބުނެފިއެވެ.

ޒަބާނާ އެކްސިޑެންޓުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ޝަބާނާގެ އެކްސިޑެންޓުގެ ހަބަރު ލިބުމާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖާވިދު ވަނީ ޝަބާނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އޭނާ ގެއިން ފޮނުވާލާނެ ކަމަށް ބުނެފަ އެވެ.

އެކްސިޑެންޓު ހިނގިއިރު ޝަބާނާއެކު ކާރުގައި ޖާވިދު ވެސް އިނެވެ. ނަމަވެސް އޭނާއަށް އަނިޔާއެއް ނުލިބެ އެވެ. އަނިޔާ ލިބުނީ ޑްރައިވަރަށާއި ޝަބާނާ އަށެވެ.



ޝަބާނާގެ ކާރު ޓްރަކުގައި ޖެހުނީ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގަ އެވެ. އެހެންވެ ޝަބާނާގެ ޑްރައިވަރާ ދެކޮޅަށް ޓްރަކު ދުއްވަން އިން މީހާ ވަނީ ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. 

ޝަބާނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "އާހް" އާއި "ސްވާމީ" އާއި "އަންކުރް" އަދި "މަޑްރޫ ކީ ބިޖްލީ ކީ މަންޑޯލާ" ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް