ads
ގިރިޓީ ލޯބި ގެ ޕޯސްޓަރެއް…
"ގިރިޓީ ލޯބި" މިހާރު ބައިސްކޯފުގައި!
ޑާކްރެއިން އެންޓަޓެއިންމެންޓުންގެ އާ ސީރީޒް "ގިރިޓީ ލޯބި" ބައިސްކޯފުގައި ސްޓްރީމްކުރަން ފަށައިފިއެވެ.

އެގޮތުން އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑު ބައިސްކޯފުން ދެއްކީ މިދިޔަ ހޯމަ ދުވަހުއެވެ.

ލޯބީގެ އަދި ހެއްވާ މަންޒަރުތަކެއް ދައްކުވައިދޭނެ ޖުމްލަ 20 އެޕިސޯޑުގެ ޑްރާމާ ސީރީޒަކީ ޑާކްރެެއިންގެ ރީތި ފިލްމުތައް ގެނެސްދިން މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ޕްރޮޑިއުސްކޮށްފައިވާ ސީރީޒެކެވެ.

ސީރީޒްގެ ފުރަތަމަ އަދި ދެވަނަ އެޕިސޯޑު ވެސް މިހާރު އާންމުކޮށްފައިވާއިރު ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ސީރީޒަށް ލިބެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ގިނަ ބަޔަކަށް "ގިރިޓީ ލޯބި" ގައި އުޅޭ ތަރިންގެ އެކްޓިން ކަމުދާ އިރު ތިން ވަނަ އެޕިސޯޑަށް ބެލުންތެެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ކޮންމެ އަންގާރަ ދުވަހެއްގައި އާ އެޕިސޯޑެއް ބައިސްކޯފުން ގެނެސްދެން ނިންމާފައިވާ "ގިރިޓީ ލޯބި" ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް(ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ) ގެ އިތުރުން އާދަމް ރިޒްވީ(ރެކްސް) އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

އޭގެ އިތުރުން ސީރީޒްގެ މުހިއްމު ރޯލަކުންމު ހައްމަދު ފައިސަލްން ފެނާނެ ކަމަށް މޮގާ ބުނާއިރު މުޅިން އާ މޫނު ތަކަކާއި އެކު ގިނަ ތަރިންތަކެއް އެ ސީރީޒުން ފެންނާނެ އެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ކުރިއަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ނޮވެމްބަރ" އާއި "ބަޅިނދު" ގެ އިތުރުން "ބީވީމާ" ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް