އެކަން އެހެެން ކުރިއަށްދާ ސަބަބުވެސް ކެޓްރީނާ ވަނީ މީގެ ކުރިން ކިޔާދީފައިވެއެވެ. އެގޮތުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ ކައިވެންޏެއް ކުރަންދެން އޭނާ ހުރީ ހުސްކޮށް ކަމަށެވެ. އެއީ އެކަން އޮންނަން ވާނެ ގޮތް ކަމަށް ބުނަމުން އޭނާ ބުނީ ހަގީގީ ދިރިއުޅުން ފެށެނީ ކައިވެންޏަށް ފަހު ކަމަށެވެ.
އޭގެ އިތުރުން ކެޓްރީނާ ބުނީ ތަގްދީރުގައިވާ މީހަކާއި ކައިވެނިކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި އޭނާ ހުރި ކަމަށެވެ. އަދި އެ ދުވަހާ ޖެހެންދެން ވެސް އޭނާ ހުންނާނީ ހުސްކޮށް ކަމަށް ކިޔާދިނެވެ.
މި މަހު ހަތް ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކެޓްރީނާ - ވިކީގެ ކައިވެނީގެ ވާހަކަ ވެސް އެ ތަރިން ވަނީ ދުނިޔެއަށް ސިއްރުކުރަން މަސައްކަތްކޮށްފަ އެވެ. ނަަމަވެސް މީޑިއާތަކުން އަންނަނީ ކައިވެނީގެ ސެކިއުރިޓީ އިން ފެށިގެން އަންނަން ތިބި ގެސްޓުންގެ ތަފްސީލަށް ދަންދެން ހިއްސާ ކުރަމުންނެވެ.