ads
މިރޭ ފުލުހުން ނޫސްވެރިންނާ ބައްދަލު ކުރަނީ
ވިލިމާލޭގައި މީހުން ރަހީނު ކުރާ ބޮޑު ނެޓްވޯކެއް ހަރަކާތްރި ވާކަމަށް ފުލުހުން ބުނެފި
ވިލިމާލޭގައި މީހުން ރަހީނު ކުރާ ބޮޑު ނެޓްވޯކެއް ހަރަކާތްރި ވަމުން އެބަދާ ކަމަށް ފުލުހުން ބުނެފިއެވެ.

މީހުން ރަހީނު ކުރުމުގެ ފަސްމައްސަލައަކާ ގުޅެ ގޮތުން މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ އެނެޓްވޯކުގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކުވެސް އެމީހުން ބޭނުން ކުރަމުން ގެންދާ ކަމަށާއި، އެކަން ކުރަނީ ވިލަމާލޭގައި ހުންނަ މެލައިމާ ނަމަކަށް ކިޔާ ގެސްޓް ހައުސް އަކަށް މީހުން ގެންގޮސްގެން ކަމަށް ފުލުހުން ބުންޏެވެ. 

އެކަމަކު މާލޭއާއި ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްތަކަށޑް ގެންގޮސްގެންވެސް މީހުންގެ އަތުން ބޮޑެތި އަދަދު ތަކުން ފައިސާ ފޭރިގަނެފައިވާކަމަށް ކަމަށް ފުލުހުން ބުންޏެވެ. 

އެގޮތުން އޮކްޓޫބަރު މަހު 6 ވަނަދުވަހާއި ، ނޮވެމްބަރު މަހުގެ 7 ވަނަދުވަހާއި އަދި 17 ވަނަދުވަހު ހިނގި ރަހީނު ކުރުމުގެ ތިން މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވެއެވެ. މިތިން މައްސަލައިގައިވެސް މެލެއިމާ ކިޔާ ގޭގައި ހުންނަ ގެސްޓްހައުސްއަކަށް ތިންމީހަކު ގެންގޮސްފައިވާ ކަމަށާއި، އަދި އެމީހުންނަށް ތޫނު ހަތިޔާރުން ބިރުދެއްކުމަށްފަހު ގަދަކަމުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ ނަގައި ވީޑިއޯކޮށް، ފައިސާ ފޭރިގަނެފައިވާ ކަމަށެވެ. 

ފުލުހުން ބުނީ މިތިން ހާދިސާގައިވެސް ހަރަކާތްތެރި ވެފައިވަނީ ކުރިން ބުނި ނެޓްވޯކުގެ މީހުން ކަމަށެވެ. 

 މިތިން މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށާއި، އެއީ 18 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ދެ ފިރިހެނުންނެވެ. މިތިން މީހުންނަކީ ވެސް ކުށުގެ ތުހުމަތުގައި މީގެ ކުރިން ފުލުހުންގެ ހައްޔަރުގައި ބޭތިއްބުނު ބައެކެވެ.   

 

0%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
88%
ވަރަށް ސަލާމް
ކޮމެންޓްސް