ads
ރައީސް އޮފީހުގެ ޕްރެސްއެއްގައި ނޫސްވެރިން ބައިވެރިވަނީ
ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ
ދުނިޔޭގެ ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އަދާހަމަކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި މިއަހަރު ރާއްޖެ ހަ ދަރަޖަ ފަހަތަށް ޖެހި، ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ އެވެ.
Advertisement

ރާއްޖޭގެ ނޫސްވެރިކަން ފަހަތަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފި ނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް މިދިޔަ އަހަރު ފާސްކޮށް ތަސްދީގުުކުރި ހެއްކާ ބެހޭ ގާނޫނު ހިމެނެ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގަކަށް އެ ބިލުން ވަނީ ހުރަސް އެޅިފަ އެވެ.

އެހެންވެ އެކަންވެފައި އޮތީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ހުރަހެއްގެ ގޮތުގަ އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ ރޭންކްގައި ރާއްޖެ ފަހަތަށް ސޮއްސައިލި އިރު، މިދިޔަ އަަހަރު ރާއްޖެ އޮތީ 100 ވަނައިގައި "ޕްރޮބްލޮމެޓިކް" ކެޓަގަރީގަ އެވެ.

ނޫސްވެރިކަމުގެ މިިނިވަންކަމުގައި ރާއްޖޭގެ ދަރަޖަ ވެއްޓުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރެއްވި ހެއްކާ ބެހޭ ގާނޫނަށް ގެނައި ބަދަލެވެ.

އެ އިސްލާހު އޮތް ގޮތުން ނޫސްވެރިން ލިޔާ ލިއުންތަކުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތައް ހިމެނެ އެވެ. 

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ގާނޫނު އެއްވެސް އިސްލާހެއް މިހާތަނަށް ހުށަހަޅާފައި ނުވާކަން ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖޭގެ ރޭންކް ދަށްވި އިރު މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ހާލަތު އޮތީ މާ ގޯސްކޮށެެވެ. އެގޮތުން އަވަށްޓެރި އިންޑިއާ އޮތީ 159 ވަނައިގައި "ހާލަތު ވަރަށް ގޯސް" ގައުމެއްގެ ގޮތުގަ އެވެ. ޕާކިސްތާނު 152 ވަނައިގައި އޮތް އިރު ސްރީލަންކާ އޮތީ 150 ވަނައިގަ އެވެ.

މި އަހަރުގެ ލިސްޓުގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ރަނގަޅަށް ލިިިބިފައިވާ ތިން ގައުމަކީ:

  • 1 ނޯވޭ

  • 2 ޑެންމާކު

  • 3 ސްވިޑެން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް