ads
ޑީޖީ މައިމޫނާ އަބޫބަކުރު-----
ބައްޔަކާ ބެހޭ ގޮތުން ދޮގު މައުލޫމާތު ރިޕޯޓު ކޮށްފިނަމަ 3000 ރުފިޔާގެ ޖޫރިމަނާއެއް
ވަކި މީހެއްގެ ގައިގައި ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބަޔާންކޮށް، އެއްވެސް ފަރާތަކުން އެނގި ހުރެ ދޮގު މަޢުލޫމާތު ރިޕޯޓު ކޮށްފިނަމަ 3000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބަލިތައް ރިޕޯޓު ކުރުމާ ބެހޭ ގަވާއިދު އެކުލަވާ ލައިފިއެވެ.
Advertisement

އެގަވާއިދުގައި ވާގޮތުން ވަކި މީހެއްގެ ގައިގައި ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބަޔާންކޮށް، އެއްވެސް ފަރާތަކުން އެނގި ހުރެ ދޮގު މަޢުލޫމާތު ރިޕޯތު ކުރުމަކީ ކުށެކެވެ. އަދި އެކަމުގެ އަދބެއްގެ ގޮތުން 3000 ރުފިޔާއަށްވުރެ ބޮޑު ނުވާ މިންވަރަކަށް ޖޫރިމަނާ ކުރެވޭނެވެ. އެބާރު ލިބިދީފައިވަނީ ޑިރެކްޓަ ޖެނެރަލް އަށެވެ. 

މީގެ އިތުރުން އެ ގަވާއިދުގެ ދަށުން ރިޕޯޓު ކުރަން ޖެހޭ ކަމެއް ރިޕޯޓު ނުކޮށް ހުރުމަކީވެސް ކުށެކެވެ. އެކަމުގެ އަދބަކީ 1000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. 

އާންމު ޞިއްޙަތު ރައްކާތެރި ކުރުމަށާއި ނުރައްކާތެރި ބަލިތަކާއި ، ގައިންގަޔަށް އަރާ ބަލިތަކާއި، އެހެނިހެން ބަލިތައް ރިޕޯޓުކޮށް މޮނިޓަރ ކުރުމުގެ ގޮތުން، އެފަދަ ބަލިތަކުގެ މާނައާއި ބާވަތާއި އަލާމާތްތަކާއި، ބައްޔާ ގުޅޭ އެންމެހައި މަޢުލޫމާތު ހިމެނޭ ކޭސް ޑެފިނިޝަން ބުކްލެޓެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ ދެމަސް ދުވަހުގެ ތެރޭގައި އެކުލަވައިލައި ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާންމުކޮށް ޝާއިޢު ކުރަންވާނެއެވެ. 

އެ ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިތައް ރިޕޯޓުކުރުމާ ގުޅޭ ހޮޓްލައިން ނަންބަރެއް ނުވަތަ އޮންލައިން ޕޯޓަލެއް ފަދަ ނިޒާމެއް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ ވިހި ދުވަހުގެ ތެރޭގައި ޤާއިމުކޮށްފައި، އެޖެންސީން އެކަން އާންމު ކުރަންވާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.

ބުކްލެޓުގައި ހިމަނައިފައިވާ ބައްޔެއް ނުވަތަ ބުކްލެޓުގައި ހިމަނައިފައި ނެތް ނަމަވެސް، އެ ވަގުތަކު ދުނިޔޭގައި ފެތުރެމުންދާ ގައިންގަޔަށް އަރާ ބައްޔެއް ދިވެހިރާއްޖޭގައި ފެތުރުމުގެ ފުރުޞަތު އޮތްކަމުގެ މަޢުލޫމާތު، ނުވަތަ އެފަދަ ބައްޔެއް އެއްވެސް މީހެއްގެ ކިބައިން ފެނިއްޖެނަމަ، ނުވަތަ އެ ބަލި ހުރެދާނެކަމަށް އެކަށީގެންވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ގަބޫލު ކުރެވޭނަމަ، ނުވަތަ ބަލި ހުރި ފަރާތަކާ ދިމާވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު، އެކަން އެނގޭ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓު ކުރަންވާނެ ކަމަށްވެސް ގަވާއިދުގައި ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް