އެ އަންހެން މީހާ ﷲގެ ޒާތަށް ބަދުބަސް ބުނެ މުރުތައްދުވާ ފަދަ ވާހަކަތަކެއް ދައްކާ ވީޑިއޯއެއް ވެސް އަންނަނީ އާންމު ވަމުންނެވެ.
އެކަމާއި ގުޅިގެން ސީއެންއެމަށް ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް ވިދާޅުވީ، އެ އަންހެން މީހާ އަންނަނީ ތަކުރާރުކޮށް މީހުންގެ މުދަލަށް ގެއްލުންދީ މުރުތައްދުވާ ފަދަ ވާހަކަ ދައްކަމުން ކަމަށެވެ.
އިސްމާއިލް އިތުރަށް ވިދާޅުވީ، އޭނާ ވަނީ އެރަށުގައި ހުންނަ ރެސްޓޯރެންޓެއްގެ ބިއްލޫރި ގަނޑަށް ވެސް ދެ ފަހަރެއްގެ މަތިން ގެއްލުންދީފައި ކަމަށާއި ދާދި ފަހުން އެރަށުގައި ދުއްވާ ވޭނަކަށް ވެސް އޭނާ ގެއްލުން ދީފައިވާ ކަމަށެވެ.
ޝަހުދާގެ މައްސަލަ ދައުލަތުގެ ކަމާއި ގުޅުން ހުރި އިދާރާތަކަށް ތަކުރާރުކޮށް ހުށަހެޅިއްޖެ ކަމަށާއި ނަމަވެސް އެކަމަށް އަދިވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާ ކަން އިސްމާއިލް ފާހަގަކުރިއެވެ.
"ދެތިން ހަތަރު ފަހަރު މަތިން ޖެންޑާ ގައިވެސް ޕޮލިސްގައިވެސް އެ މައްސަލަ ޖެއްސިއްޖެ، އޭނާ އަށް ފިޔަވަޅު އަޅައި އަދަބު ދިނުމަށް އާދޭސް ކޮށްފިން" އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ފޮނުވާފައިވާ ބަޔާނުގައި ޝަހުދާ އަކީ ބުއްދި ގޯސް މީހެއް ކަމަށް ބުނެފައިވާ ކަމަށާއި އެ އަންހެން މީހާ އަށް ފިޔަވަޅެއް އެޅޭނީ ސައިކޭޓިސްޓަކަށް ދައްކާ ސިޓީ ހޯދުމުން ކަމަށް ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް އޭނާ އަށް ސައިކޭޓިސްޓެއް ހޯދޭނެތޯ؟ އެބޭފުޅުންނަށް މިކަން ނުވާންވީ ކީއްވެތޯ" އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ، އެ އަންހެން މީހާ މިވަގުތު ބަނޑު ބޮޑު ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމަށާއި އޭނާގެ އަމަލުތައް ހުންނަ ގޮތުން މިވަގުތު ރަށު ރައްޔިތުންގެ ކަންބޮޑުވުމާއި ނުތަނަވަސްކަން އޮތީ އިންތިހާ ދަރަޖައަށް ކަމަށެވެ.