ads
ޗީފް ޖުޑީޝަލް އެޑްމިނިސްޓަރ އާއިޝަތު ރިޒްނާ
ޑީޖޭއޭގެ ތަހުގީގެއް ގޯސްކަމަށް އަނެއްކާވެސް ކަނޑައަޅައިފި
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިސްނަގައިގެން ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރި މުވައްޒަފަކު ވަކި ކުރި މައްސަލަ ތަހުގީގުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި އެ މުވައްޒަފަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
Advertisement

ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން މާލޭގެ ސުޕީރިއާ ކޯޓެއްގައި މަސައްކަތް ކުރަމުން އައި މުވައްޒަފަކު، އޭނާ މަސައްކަތް ކުރަމުން އައި ކޯޓަށް އެނގުމަކާ ނުލައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުއްލި ގޮތަކަށް ވަކިކުރި މައްސަލައިގައި އެ މުވައްޒަފު ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދައުވާ ކުރުމުން މި ދިޔަ ސެޕްޓެމްބަރު މަހު ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މުވައްޒަފު ވަކިކުރުމުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަމަލުކޮށްފައިވަނީ ޤާނޫނު އަސާސީއާ ގާނޫނާ އަދި ގަވައިދުތަކާވެސް ޚިލާފަށް ކަމަށެވެ. އެހެންކަމުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގަތް ކަމެއް ނޭނގެއެވެ.

މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ސުޕީރިއާ ކޯޓެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މުވައްޒަފަކާ ގުޅޭ މައްސަލައެއް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތަހުގީގު ކުރަން ފަށާފައިވަނީ ދެހާސް ތޭރަވަނަ އަހަރު ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. އެހެންނަމަވެސް އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ދެހާސް ތޭރަވަނަ އަހަރު އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ އެއްވެސް ތަހުގީގެއްކޮށްފައިވާކަން އެގެން ނެތްކަމާއި، މި މައްސަލަތަ ތަހުގީގުކޮށް ފިޔަވަޅު އަޅާފައިމިވަނީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ހަ އަހަރުން ފަހުން ކަމަށްވާއިރު މިއީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން އަދުލު އިންސާފުގެ ހަމަތަކާ އެއް ގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަން ކުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއް ކަމަށް ބުނެފައިވާއިރު މި ހައްގަށް ހުރަސް އެޅިފައިވޭ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ތިން މެންބަރުންގެ އިއްތިފާގުން މިދިޔަ ސެޕްޓެމްބަރު މަހު ނިންމި މި މައްސަލައިގެ ނިންމުގައި ބުނެގައިވަނީ އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިޖުރާއީ އަދުލުވުރިކަންވެސް އަދި މައުޟޫއީ އަދަލުވެރިކަންވެސް ގާއިމުކޮށްފައި ނުވާތީ އޭނާ ވަޒީފާއިން ވަކިކުރި ވަކިކުރުމަކީ އަންފެއަރ ޑިސްމިސަލްއެއް ނުވަތަ ނާއިންސާފު ނިންމުމެއް ކަމުގައިވާތީ އެ ނިންމުން ބާތިލުކޮށް އޭނާއަށް އަލުން ވަޒީފާ ދިނުމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް އޭނާއަށް ދިނުމަށްވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލައިގެ އިތުރުންވެސް މި ފަދަ އެތައް މައްސަލައެއްގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގަވައިދުތަކާ ގާނޫނުތަކާ ޚިލާފު ވެގެން ވަޒީފާތައް އަލުން އަނބުރައި ދޭން އަންގާފައިވެއެވެ. މީގެ ކޮންމެ މައްސަލައެއްގައި ދައުލަތުން މާލީ ގޮތުން އެތައް ބުރައެއް އުފުލަން ޖެހޭއިރު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މި ޣައިރުގާނޫނީ ނިންމުންތައް ނިންމަން ތިބޭ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި، އަދި އެއިން މީހަކު މިއިން އެއްވެސް ކަމެއްގައި ޒިންމާވެސް ވެފައެއް ނުވެއެވެ.

ޑީޖޭއޭއަށް މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފަކު ދިން ތަހުގީގު ބަޔާނެއް ބަދަލު ކުރި މައްސަލަވެސް ދާދިފަހުންވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައިވެސް އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް