ސީއެޗްއެސްއީގައި އަލަށް ފަށާފައިވާ މާއްދާތަކުގެ ތެރޭގައި މެރިން ސައިންސް، ޓްރެވެލް އެންޑް ޓޫރިޒަމް، މެރިން ބަޔޮލޮޖީ، ސައިކޮލޮޖީ އަދި ކޮމްޕިއުޓަ ސައިންސް ހިމެނެއެވެ.
މި މާއްދާތަކުގެ ތެރެއިން މެރިން ސައިންސް ކިޔަވައިދެނީ ރާއްޖޭގައި ހަމައެކަނި ސީއެޗްއެސްއީގައި އެވެ. މި މާއްދާ މިހާރު ކިޔަވަމުންދަނީ 14 ދަރިވަރުންނެވެ. އަދި ހުޅުމާލެ ސްކޫލުގައި ހަތް ދަރިވަރުން މި މާއްދާ ކިޔަވައެވެ.
މި މާއްދާތައް ކިޔަވައިދޭން ފެށުމާ ގުޅިގެން މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓްގެ މެރިން ބަޔޮލޮޖިސްޓް އަދި ގައުމީ ޔުނިވަސިޓީގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސްގެ ޑީން ޑރ. އަހުމަދު ރިޔާޒް ޖައުހަރު ވަނީ މި ކަން ފާހަގަކުރައްވާފައެވެ.