ads
އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު
ދައުލަތާއި ދެކޮަޅަށް ކޯޓަށް ދިއުމުން ރާގިބު މަގާމުން ވަކިކޮށްފި
ދައުލަތާއި ދެކޮޅަށް ކޯޓަށް ދިޔުމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކިކޮޮށްފިއެވެ.
Advertisement

ރާގިބު ދައުލަތާއި ދެކޮޅަށް ކޯޓަާް ދިޔައީ ގދ. ތިނަދުއަށް ސިޓީގެ ލަގަބު ދެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި އިރު އެ ރަށުގައި 10،000 މީހުން ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ އަތުލަން އެދިއެވެ. އޭނާ އެ މައްސަލަ ހުށައެޅީ ހައިކޯޓަށެވެ. 

މިކަމާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް  ދިއުމާ ގުޅިގެން،  މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ  ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާގިބު  އަހްމަދު މިއަދު އެމަޤާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވައިފައިވާކަމަށެވެ. 

ރާގިބު ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ތިނަދުއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ނިންމުމާއި އެ ނިންމުމާ ގުޅިގެން އަޅާފައިވާ އެންމެހާ އިދާރީ ފިޔަވަޅުތައް ބާތިލްކުރުމަށެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމައެވެ.

ރާގިބު ދައުލަތުގެ އިސް.މަގާމެއްގައި ހުރެ ދައުލަތާއި ދެކޮޅަށް ވަކާކާތުކުރުމުން ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމްތަކުގައި ތިއްބަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް