ads
ޖުވޭރިޔާ ވަޖުދީ…
ރެސިޕީތަކަށް ފާޑުކިޔާ މީހުންނަށް ޖުވޭގެ ރައްދު: ހަސަދަ ވިޔަސް ބޮޑުވަރު!
މަޝްހޫރު ޝެފް ޖުވޭރިޔާ ވަޖުދީ (ޖުވޭ) ގެ މޮޅު ރެސިޕީތަކަށް ގިނަ ބަޔަކު ފާޑުކިޔާ އެއްޗެހި ކިޔާތީ އޭނާ އެމީހުންނަށް ވަރުގަދަ ރައްދެއް ދީފިއެވެ.

އޭނާ އަމިއްލަ ރެސިޕީތަކަށް ތައްޔާރު ކުރާ ކެއުންތަކާއި ބުއިންތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލާއިރު އެ އެއްޗެއްސެއް ރާއްޖޭގެ ގިނަ ބަޔަކު އެއްޗެހި ކިޔާތީ ޖުވޭ ވަނީ އެވާހަކަ ސީއެންއެމް އަށް ހިއްސާކޮށްފައެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން ފުރަތަމަ ވެސް ބުނީ ރާއްޖޭގެ ގިނަ މީހުންނަކީ މީހަކު ކުރިއަރާ ދާ ނަމަ އެމީހަކަށް ހަސަދަވެރިވެ ވައްޓާލަން މަސައްކަތްކުރާ މީހުން ކަމަށެވެ.

މިވަގުތު އއ. އުކުޅަހުގައި ކައްކަން ދަސްކޮށްދޭން ހިންގައިދެމުން އަންނަ ޖުވޭ ބުނީ، މި ފަހުން އޭނާގެ އަމިއްލަ ރެސިޕީއަކަށް ހެދި ސްވީޓް ޕޮޓޭޓޯ ޕާސްތާގެ ފޮޓޯ އާއެކުވެސް މީހުންގެ ހިތްތައް ކެކިގަތް ކަމަށާއި އެކަމަކު އެ ކޯހުގައި ވެސް އެންމެ ހިނގި ޑިޝް އަކަށް އެ ޕާސްތާ ވެގެން ދިޔަ ކަމަށެވެ.

އިތުރަށް ޖުވޭ ބުނީ، އޭނާގެ އުފެންދުއްތައް ބަލައި ނުގަނެވޭ ނަމަ އެކަމާއި އަޅައިނުލާ މީހުންގެ އަބުރަށް ހުތުރުވާ ގޮތަށް އެއްޗެހި ނުކިޔާ ތިބެންވެއްޖެ ކަމަށެވެ.

"އެމީހަކު ލައިކްވާ އެއްޗެއްތާ ކާނީ، ޖުވޭގެ އެއްޗެހި ކަމުނުދަންޏާ އަޅާނުލާ ނުކައިވެސް ހަމަ ތިބެވޭނެދޯ ފާޑު ނުކިޔާ" ޖުވޭ ބުންޏެވެ.

your imageޖުވޭގެ ދިވެހި ވަންތަ ރެސިޕީތަކެއް…

މިހާތަނަށް ކެއްކުމުގެ ހުނަރު ގިނަ ބަޔަކަށް ދަސްކޮށްދެމުން އަންނަ ޖުވޭ އިތުރަށް ބުނީ ޖުވޭގެ އަމިއްލަ ރެސިޕީތަކާއި ބޭރުގެ ރެސިޕީތަކަށް ވެސް ކެއުންތަކާއި ބުއިންތައް ތައްޔާރު ކުރަމުން އަންނަ ކަމަށާއި މިހާރުވެސް 6000 އަށް ވުރެއް ގިނަ ރެސިޕީ ހުންނާނެ ކަމަށެވެ.

ޖުވޭ ބުނީ، މީސް މީހުންނަށް އަސްލު ރައްދު ދޭން ބޭނުން ނުވާ ކަމަށާއި އެއްޗެހި ކިޔަން ބޭނުން ވެއްޖެ ނަމަ އޭނާ އަށް ވެސް ބުނެވޭނެ އެއްޗެހި ހުންނާނެ ކަމަށެވެ.

"ޖުވޭގެ ރެސިޕީތައް ކޮޕީކޮށްފަ ހުރޭ އެހެން މީސް މީހުން އަމިއްލަ އެއްޗެހި ގޮތުގަ ހަދާފަވެސް، އެކަމަކު އެއްޗެއް ނުބުނަން، ޖުވޭގެ ރެސިޕީތައް ހާމަކުރަނީ އެހެން މީހެއްގެ ފޯނަކުން އެހެން މީހެއް އިންޓަނެޓް ދިނީމަކާ ނޫން" ޖުވޭ ބުންޏެވެ

your imageޖުވޭ ސްވީޓް ޕޮޓޭޓޯ ޕާސްތާގެ ފޮޓޯ ލާފައިވަނީ އޭނާގެ ފޭސްބުކް ޕޭޖަށް…

އޭނާ އަކީ ދިވެހިންނާއި ގުޅޭ ގޮތަށް ދިވެހި ވަންތަ ނަންތައް ބޭނުންކޮށްގެން މޮޅެތި ޑިޝްތައް ތައްޔާރުކުރަމުން އަންނަ ޝެފެކެވެ. އެގޮތުން "މުޑި ސެލެޑް" އާއި "މުޑި ސަމްބޯލް" އަދި "މުރަނގަ މަލު ސަންބޯލް" އަކީ މި ފަހުން އޭނާ ހެދި އެއްޗެހިކަން ފާހަގަ ކޮށްލެވެއެވެ.

ޖުވޭ އަކީ ރަހަމީރު ކެއުންތަކާއި ބުއިންތައް ތައްޔާރުކޮށް ދިވެހިންގެ ލޯބި ހޯދި އަންހެނެކެވެ. ވިޔަފާރީގެ ތެރޭގައި ވެސް ޖުވޭ ފައިތިލަ ސާބިތު ކުރަމުން އަންނަ އިރު އޭނާ އަންނަނީ ޓީވީ ޝޯތަކުން ވެސް އޭނާގެ ހުނަރު އެހެން މީހުންނަށް ދައްކަމުންނެވެ.

47%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް