ads
ގެސްޓް ހައުސްއެއް
ލޯތްބަށްޓަކައިވި ގުރުބާނީން, ނިމުމެއް ނެތް ކަރުނަ!
ޒަމާނީ މުއާސަލާތުގެ ސަބަބުން ކުރަނީ ފައިދާތޯ! ގެއްލުން ތޯ! މިއީ މިއަދު، ކުރަން ޖެހޭ ސުވާލައެކެވެ. ހަގީގަތަށް ބުނާނަމަ ދިވެހި ދަރިންގެ އިޖްތިމާއީ ފޭރާން ވީދިއްޖެ އެވެ. އޮޅުވާލުމާއި މަކަރު ހެދުމުގެ ތެރެއިން އެތައް ބަޔަކު ވަނީ ބުލެކްމްއިލްގެ ނިމުމެއް ނެތް ބަންދުގައި ކަސްތޮޅު އެޅިފައެވެ.

މިއީވެސް އެފަދަ އަންހެން ކުއްޖެއްގެ ވާހަކައެވެ. ރާއްޖޭގެ ދެކުނު ރަށަކަށް ނިސްބަތްވާ މި އަންހެން ކުއްޖާ މާލެ އައީ ވެސް މައިން ބަފައިންގެ ނުރުހުނުގަ އެވެ. އާއިލާއަށް އެނގޭހާ ވެސް މިންވަރަކީ، ލޯބިވެރިއެއް، ގެންގުޅޭ ކަމެވެ. މާލެއަށް ދޭތެރެ ދޭތެރެއިން ދަތުރުކުރާ މިއަންހެން ކުއްޖާ މިފަހަރުވެސް މާލެ އައީ ލޯބިވެރިޔާ އާ ބައްދަލުކުރާށެވެ.

ސްކޫލް ދައުރު ނިމުމަށް ފަހު މަންމަ ފޯނެއް ރޫނާ (އަސްލުނަމެއް ނޫން) އަށް ދިނީ ދަރިފުޅު ހިތްހަމަ ޖެއްސުމަށްޓަކައެވެ. އެފްބީ އައިޑީ އެއް ހުޅުވާ، ރޫނާގެ އޭނާގެ ފޮޓޯ އެފްބީ އަށް ލާންފެށި ހިސާބުން، ރޫނާގެ ފޮޓޯ ތަކަށް އެފްބީން ލައިކް ލިބެނީ، އެހެން އަންހެނުން ހަސަދަ ވެރިވާވަރަށެވެ. އެފްބީގައި، ރީތި ކިއުޓް ސްމާޓް ގެ ލަފްޒުތަކުން ދިޔައީ އޮހެމުންނެވެ. ދުވަސް ތައް ދިގުދެމިގެން ދިޔަވަރަކަށް އެފްބީގެ ރިކްއެސްޓްތައް ވެސް ދިޔައީ ގިނަވަމުން ނެވެ.

 "ކިންގް އާލިން" (އަސްލު އައިޑީއެއްނޫން) ގެނަމުން ފޮނުވި މިރުކްއެސްޓް ގަބޫލުކުރީ ފޮޓޯއިން ފެންނަން ހުރި ޒުވާނާގެ ރިތިކަމުގެ ޖާދޫގައި ޖެހިގެންނެވެ. އެންމެ ފުރަތަމަ ވެސް ޒުވާނާ އަށް ހިތްދެވުނެއެވެ. ޒުވާނާގެ ޖާދޫގައި ޖެހި ޗެޓް ކުރަން އިނދެވެނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ.

މަދު ދުވަސް ކޮޅެއްގެ ތެރޭގައި ވެވުނު ލޯބިން ހިތާއި ނަފްސާއި ޖިސްމު ދޭން ރޫނާ ހުރީ ތައްޔާރަށެވެ. އާލިން ހިތް ރޫނާ އާ ދުރުވާހެން ހީވާން ފެށިއެވެ. އޭނާގެ ހިތް އަވަސްވެ މާޔޫސް ވާން ފެށިއެވެ. 

ޕްލީޒް އާލިން ދެކެ ވަރަށް ލޯބިވޭ، އާދޭހުގެ މެސެޖް ކުރާތާ ތިންވަނައަށް ވީ ދުވަހު އާލިންގެ ޖަވާބު ލިބުނެ އެވެ. ނަމަވެސް އެއީ ފޮޓޯއެކެވެ. މޫނު ފެންނަން ނެތް ބަރަހަނާ ފޮޓޯއެކެވެ. ނަމަވެސް އެއީ  އާލިކަން ޔަގީން ކުރެވުނެ އެވެ. އަހަރެގެ އެތައް ބަރަހަނާ ފޮޓޯ ތަކާއި، ވީޑިއޯތަކެއް އާލިން އަށް ފޮނުވީމެ އެވެ. އޭނާ އަހަންނަށް ރުހޭނީ ހަމައެކަނި އެގޮތް ކަމުގައި ގަބޫލްކޮށް، އޭނާގެ ހިތް ރުހި އަހަންނަށް ލެބޭނެ ކަމުގައެވެ.

އާލިން އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން އެހާހިސާބުން އަހަންނަށް ގަބޫލު ކުރެވުނެ އެވެ. ވީޑިއޯ ކޯލް ތަކުންނާއި، އެހެނިހެން ގޮތްގޮތުން، އަހަރެން އައީ އޭނާ ބޭނުން ތައް ބޭނުން ކޮންމެ ވަގުތު، ހާސިލް ކުރަމުންނެވެ. މިއަދު އަހަންނަށް އޭނާގެ ބޭނުން ކޮންމެ ކަމެއް ކުރަން މަޖްބޫރެ އެވެ. ރޫނާ އެކަންތަކުން ސަލާމަތްވާން ކިތަންމެހާ ވެސް ބޭނުމެވެ. ފުލުހަށް ގޮސްފި ނަމަ ބަރަހަނާ ފޮޓޯ ސޯޝަލް މީޑިއާ ދޫކުރާނެކަމަށް ލޯބިވެރިޔާ އާލިން ވަނީ ބުނެފައެވެ.

މިފަދަ އެތައް ދިވެހި ދަރިން މި ކުޑަ ކުޑަ މުޖްތަމައުގައި، ބިކަވެ، ބޭކާރުގޮތުގައި، ހަލާކުވެ އެދަނީ ހަމަ މައިންބަފައިންގެ އިހުމާލުން ކަން ޔަގީނެއެވެ. ވިސްނާށެއެވެ. ތިމާމެންގެ ދަރިން ހަލާކުގެ ތެރެއަށް، ގެނބިގެން ދިޔަނުދޭށެވެ. އަބަދުވެސް ފާރަވެރި ވާށެއެވެ. މިއަދު ރޫނާ އަކީ ގޮތް ނޭނގޭ މީހެއްގެ  އަޅެކެއެވެ.

0%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް