ރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭ ވެހެން ފެށުމުގެ ސަބަބުން އިއްޒަތްދީނު މަގުން ފެށިގެން ހުޅަނގަށް އިތް ސަރަހައްދުގައިވަނީ ފޫޓަކަށް ވުރެ މައްޗަށް ފެން ބޮޑުވެފަ އެވެ.
ސްކޫލުތަކާއި އައިޖިއެމްއެޗް ހުންނަ ސަރަހައްދުވަނީ ވަރަށް ބޮޑަަށް ފެން ބޮޑުވެފަ އެވެ.
މާލޭ މަގުމަތީގައި ވަރަށްބޮޑަށް ފެންބޮޑުވެފައި
ހިރިޔާ ސްކޫލައި ޓީއެސް ހުންނަ ކަނބާއައިސާ ރަނި ހިނގުމުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ.
ބައެއ ސަރަހައްދުތަކަށް ޔެލޯ އެލާޓް ވެސް ނެރެފައިވަނިކޮށް ރެއިން ފެށިގެން ވެހެން ފެށި ވާރޭ ތުނިކޮށްލި ވަރަށް ފަތިހު އެވެ.
ސްކޫލަށް ކުދިން ގެންދާ ގަޑި ކައިރިވި އިރު ވަރަށް ބޮޑަށް ވާރެ ތުނި ކޮށްލި ނަމަވެސް ފެން ބޮޑުވުނުގެ ސަބަބުން ބެލެނިވެރިންނަށްވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.