ads
މާލޭގައި ފެންބޮޑުވެ ރައްކާތެރިވުމަށް ވެލި ބަސްތާ ޖަހަނީ
މިހާރު ކުރަމުންދަނީ ދެމޫސުން ބަދަލުވާތީ ކުރަމުންދާ ވިއްސާރައެއް: މެޓް
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގަުމީ އިދާރާ (މެޓް) އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އދ އަތޮޅާއި ހަމައަށެވެ. 

އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހުމާއި އެކު 45 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުން ބުނެފައިވަނީ މިއީ ދެމޫސުން ބަދަލުވާތީ ކުރަމުންދާ ވިއްސާރަ ކަމަށާއި އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށެވެ. 

މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާލެ ސިޓީގައި ފެންބޮޑުގެ އާންމު ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ. 

ރޭ ދަންވަރުން ފެށިގެން ބޯކޮށް ވާރޭ ވެހެން ފެށުމުގެ  ސަބަބުން އިއްޒަތްދީނު މަގުން ފެށިގެން ހުޅަނގަށް އޮތް ސަރަހައްދުގައިވަނީ ފޫޓަކަށް ވުރެ މައްޗަށް ފެން ބޮޑުވެފަ އެވެ.

ސްކޫލުތަކާއި އައިޖިއެމްއެޗް ހުންނަ ސަރަހައްދުވަނީ ވަރަށް ބޮޑަަށް ފެން ބޮޑުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް