ads
ފ. ފީއަލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ
ފީއަލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް
ފ. ފީއަލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ހައުސިން މިނިސްޓްރގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. މި ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އާއި އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ހުސެއިން މޫސާގެ އިތުރުން ބޯޑު މެންބަރު މުހައްމަދު ފަރީދުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

your imageފ. ފީއަލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން، 8.13 ހެކްޓަރުގެ ބިން ހިއްކުމާއި، 606,1 މީޓަރުގެ ސަހަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 150 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. މި މަޝްރޫއަކީ 85.66 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. އަދި ހަމައެހެންމެ މި މަޝްރޫއު 450 ދުވަސް ތެރޭގައި ފުރިހަމަކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 63 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 8 މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކެވެ. އަދި 7 މަޝްރޫއަކީ ބިންހިއްކުމުގެ މަޝްރޫއުތަކެވެ. މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫއެއްގެ މަސައްކަތުގެ އިތުރުން، ބިން ހިއްކުމުގެ 5 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައެވެ. އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްގީ އާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް ދަނީ އަދާކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް