އެ މަޝްރޫއަކީ ޖުމްލަ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.
ތިނަދޫ ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީ އިން ބުނީ، އޯޕީޑީ އިމާރާތުގައި އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް 9 ޑިސެމްބަރު 2021 ވަނަ ދުވަހު ވަނީ ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން އިތުރަށް ބުނީ، މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އޭގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.