ads
މޫސުން ގޯސް ދުވަހެއްގައި ރަށެއްގެ ގޮނޑުދޮށް
ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި
މިދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބެމުންދާ ކަމަށެވެ. 

މިގޮތުން އުޅަނދު ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރަށް ދިޔަވުމާއި، އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލުމުގެ ހާދިސާތަކުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށްވެސް އެމްއެެންޑީއެފުން މައުލޫމާތުދެ އެވެ. 

އެމްއެންޑީއެފުން ބުނީ ކަނޑުދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ. އަދި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމުތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި، މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށް މުދާ ނޭރުވުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

"އަދި ހާއްސަކޮށް ކުދި އަނގަމަތި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރުކުރައްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ." އިލްތިމާސްގެ ބަޔާނުގައިވެ އެވެ. 

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައި މިވަނީ ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެއް މިއަދު ބަންޑުން ޖަހާލައި އެ އުޅަނދުގައި ދަތުރުކުރި ދިވެއްސަކު މަރުވެފައި ވަނިކޮށެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް