ރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 އޮކްޓޯބަރު 13 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް 10 މީހަކު ގެނައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސިންނެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ. ނަމަވެސް މީގެ ތެރެއިން ބަންދުގައި ބެހެއްޓީ އަށް މީހެކެވެ. އަނެއް ދެމީހުން ބަންދުކުރަން ކޯޓަށް ހާޒިރުކުރުމުން ހަމަ އެދުވަހު ދޫކޮށްލީއެވެ.
އެމައްސަލާގައި ހައްޔަރުކޮށް ބަންދުގައި އެންމެ ފުަރަތަަމަ ބޭތިއްބީ:
މީގެ ތެރެއިން ފުލުހުން ތުހުމުތުކުރާ ބޮޑުންގެ ތެެރެއިން ތިންވަނަ މީހަކުވެސް މިދިޔަ އޮކްޓޫބަރު ތެރޭ ވަނީ ކޯޓުން ދޫކޮށްލާފަ އެވެ. އެއީ 26 އަހަރުގެ މިދުހަތު އިބްރާހީމް އެވެ. އޭނާއަކީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކޮށް 15 ދުވަހަށް ބަންދު ކޮށްދިނުމަށް ފުލުހުން އެދުނު މީހެކެވެ.
ތުހުމަތުގައި ހައްޔަރު ކުރި މީހުން : ހުރިހާ ދިވެހިން ވަނީ ދޫކޮށްލާފައި
ނަމަވެސް މައުލޫމާތު ލިބޭގޮތުގައި އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނީ އެއްވެސް ޝަރުތަކާއިނުލާ އޭނާ ދޫކޮށްލުމަށެވެ. ކޯޓުން އޭނާ ދޫކޮށްލާފައިވަނީ މީހަކު ބަންދު ކުރެވޭނީ އެމީހެއްގެ މައްޗަށް ތުހުމަތުކުރާ ކުށް ކުރިކަމަށް، ކޮންމެސް ވަރެއްގެ ހެކި ހުރެގެން ކަމަށްވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިނުވާތީ އާއި ބަންދުގައި ހުންނަ މުއްދަތުގައި ތަހުގީގަށް އިތުރު ހެކި ނުހޯދޭ ނަމަ ބަންދުގެ ސައްހަކަން ގެއްލޭނެތީ ކަމަށް ބުނެއެވެ.
އެހެންކަމުން ފަހުން ބަންދުގައި ތިބީ ފަސް މީހެކެވެ. އެއީ:
ބަނދުގައި ތިބި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދުގައި ތިބި ތިން ދިވެހިން ވެސް ދޫކޮަށްލުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ކޯޓުން ބުނެފައި ވަނީ، ތަހުގީގު މަރުހަލާ ނިމުނު އިރު ވެސް ފެނުނު މަސްތުވާތަކެއްޗާ އެ މީހުންނާ ގުޅުވާލެވޭނެ ހެކި،ގަރީނާތަކެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.