މިދިޔަ ހުކުރު ދުވަހު އެރި ބާރުގަދަ ނަގޫރޯޅިތަކުގެ ސަބަބުން އެސިޓީތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.
އެންމެ ބޮޑަށް ގެއްލުންވި ސިޓީ ކަމަށްވާ ކެންޓަކީ ގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.
މިހާތަނަށް 80 މީހުން މަރުވެފައިވާއިރު އެއަދަދު 100 އަށްވުރެ މައްޗަށް ދާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ލަފާ ކުރެއެވެ.
ކެންޓަކީގެ ލެފްޓިނެންޓް ގަވަރުނަރު ޖެކުއިލިން ކޯލްމަން އާ ހަވާލާދީ ބީބީސީން ބުނާ ގޮތުގައި ކޮންމެ އަޑިއަކު މީހުން މަރުވާ އަދަދު ދަނީ އިތުރުވަމުންނެވެ.
އެންމެ ގިނައަދަދަކަށް މީހުން މަރުވެފައިވަނީ ކެންޓަކީގެ އުއްބައްތި ހަދާ ކާރުޚާނާއަކުންނެވެ. 110 މީހުން އެވަގުރު މަސއްކަތްކުރަމުންދިޔަ އެކާރުހާނާއިން ސަލާމްތ ކުރެވިފައި 40 މީހުންނެވެ. އޭގެ ފަހުން ފެންނަ ކޮންމެ މީހަކުވެސް ފެންންނީ މަރުވެފައި އޮއްވައެވެ.