ads
ކޮލަމާފުއްޓަށް ސަރުކާރުގެ ފަރާތުން ހަވާލުކުރި އެމްބިއުލާންސް. ފޮޓޯ: ސައުދު ހުސެއިން
ކޮލަމާފުއްޓަށް އެމްބިއުލާންސް ފޮނުވައިފި
ގއ ކޮލަމާފުއްޓަށް މުޅިން އާ އެމްބިއުލާންސްއެއް ސަރުކާރުން ފޯރުކޮށްދީފިއެވެ.

ކޮލަމާފުއްޓަށް އެމްބިއުލާންސް ލިބުނު އިރު ކުރިން ބޭނުން ކުރަމުން އައި އެމްބިއުލާންސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. 

ކޮލަމާފުށި ކައުންސިލްގެ އޮފިޝަލަކު ސީއެންއެމަށް ވިދާޅުވީ ބައެއް ފަހަރު ބަލި މީހުން އުފުލުމަށް ބަލާއިރު އެމްބިއުލާންސް މައްސަލަ ޖެހިގެން ދަތުރު ނުކުރެވޭ ހާލަތަށް ވެސް ގޮސްފައިވާ ކަމަށެވެ. އަދި ކުރިން ބޭނުން ކުރަމުން ދިޔައީ ވަރަށް ބޮޑަށް ހަލާކުވެފައިވާ އެމްބިއުލާންސްއެއް ކަމުގައެވެ. 

"ބައެއް ފަހަރު ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުމަށް ބަލާއިރު އެމްބިއުލާން މައްސަލަ ޖެހިފައި އޮވެދާނެ. ދެން ކުރިން ބޭނުން ކުރަމުންދިޔައީ ވަރަށް ބާ އެމްބިއުލާންސްއެއް." އޮފިޝަލް ވިދާޅުވިއެވެ. 

ސަރުކާރުގެ ފަރާތުން ކޮލަމާފުއްޓަށް އެމްބިއުލާންސް ފޯރުކޮށްދިނުމާއި ގުޅިގެން ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުގެ ފަރާތުން ކުރައްވާ މަސައްކަތުގެ ތެރެއިން، ކޮލަމާފުއްޓަށް ގެނެވުނު އެމްބިއުލާންސްއެއް ކަމުގައެވެ. 

ރާއްޖޭގެ ރަށްރަށުގައި ބޭނުން ކުރުމަށް ޖުމްލަ 96 އެމްބިއުލާންސް އެއް ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. 

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ކުރިން ވިދާޅުވެފައިވަނީ އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް