ads
އެލްޖީއޭގެ ބޯޑު ބައްދަލުވުމެއް
ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލަށް ބާތިލް ނުކުރެވޭނެ: އެލްޖީއޭ
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ ރަޖިސްޓްރީ ކެންސަލްކުރުމަކީ ގާނޫނީ ގޮތުން މާލޭ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫންކަމަށް ލޯކަލް ގަވަމެންޓް އޮޓޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
Advertisement

އެހެންވެ، އެ ނިންމުމަށް އަމަލު ކުރުން މަޑު ޖައްސާލުމަށް  އަންގަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ފާސްކޮށްފައެވެ.

އެލްޖީއޭގެ ކުއްލި ޖަލްސާއެއްގައި ނިންމާފައިވަނީ އެކަން ހިނގައިދިޔަ ގޮތުގެ އިންކުއަރީއެއް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ނިންމާފައިވަނީ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރާ ގޮތަށެވެ. ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން މިގޮތަށް ފާސްކުރި ސަބަބެއް ކަމަށް އެ ކައުންސިލުން ބުނެފައިވަނީ މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހުޅުމާލެ އޮތަސް ހިދުމަތް ދިނުމަށް ހުރަސްތައް ކުރިމަތިކުރާތީ ކަމަށެވެ.

މިމައްސަލާގައި މާލޭ ސިޓީ ކައުންސިލްގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ބުނެ، ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެޗްޑީސީން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގައި ޑިސްޕިއުޓް މަރުހަލާ އިން ހައްލެއްވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންވެ މިހާރު ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދްމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލު ނުކުރުމުގެ ނުރުހުން ކުރިންވެސް އޮތެވެ. އޭގެ އިތުރުން މައްސަލަ ގޯސްވެފައި މިވަނީ ޕީޕީއެމް އިން "ކޮތަރު ކޮށި ޖަލްސާ"ގެ ނަމުގައި ހުޅުމާލޭ ފޭސް ދޭއްގައި ޖަލްސާއެއް ބާއްވަން އުޅެ، ހުއްދަ ނުލިބުމާ ގުޅިގެންނެވެ. 

އެޗްޑީސީން ބުނާ ގޮތުގައި ހުޅުމާލޭ ބިމަކީ އެ ކުންފުނީގެ އަމިއްލަ ބިމެކެވެ. އަދި އެބިމުގެ ރަޖިސްޓްރީ ބާތިލް ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމީ ގާނޫނު އަސާސީއާ ވެސް ހިލާފަށް ކަމަށް އެކުންފުނިން ބުނެއެވެ. އެކުންފުންޏަކީ މުދާ މިލްކު ކުރުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކި ޝަޚްސެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް