ads
ދިއްދޫ ނެރުގައި ހުރި ހިލަތަކުގެ މައްޗަށް ދޯނި އުރިފައި ފޮޓޯ ސޯޝަލް މީޑިއާ
ދިއްދޫ ނެރުމަތީގައި ހުރި ހިލަތަކެއްގައި ޖެހި އުތީމު ދޯންޏެއް ފަޅައިގެން ހިނގައްޖެ
އައި ރާޅަކާއެކު ހއ.ދިއްދޫ ނެރުމަތީގައި ހުރި ހިލަތަކެއްގެ މައްޗަށް އުތީމު ދޯންޏެއް އުރި ބަނޑުފިލާ ފަޅައިގެން ހިނގައްޖެއެވެ.
Advertisement

ދިއްދޫ ކައުންސިލް މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ ނެރުގައި ހުރި ހިލަތަކުގައި ޖެހި ގެއްލުންވީ އުތީމު ދޯންޏަކަށް ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ. 

އޭނާ ވިދާޅުވީ އެ ދޯންޏަށް އެހެން ދިމާވީ ނެގި ބޮޑު ރާއްޅެއްގެ ސަބަބުން ކަމަށާއި މިހާރު އޭގައި ތިބި މީހުން އެއްގަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމްޓީސީސީގެ އެހީގައި ދޯނި މިހާރު ވަނީ ދިއްދޫއަށް އެހެލާފައެވެ. 

ކައުންސިލުން ބުނީ ނެރު ފުންކޮށްފައިވާ ގޮތުން އިރުވައި މޫސުމުގައި އެފަދަ ހާދިސާތަކާ އެހެން ރަށްރަށުގެ މީހުންނަށް ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެރަށުގެ މީހުންނަށް އެފަދަ މައްސަލަ ކުރިމަތި ނުވާ ކަމަށެވެ. 

ނެރު އޮންނަނީ ގާތްގަނޑަކަށް މާކަނޑަށް ހުޅުވާލެވިފައި ކަހަލަ ގޮތަކަށް. އިރުވައި ފެށުނީތާ މީ. ކުރިއަށް އޮތް ތިންމަހެއް ވަރު ދާނީ މިކަހަލަ ގޮތަކަށް" ވަހީދު ވިދާޅުވިއެވެ. 

ވަހީދު ވިދާޅުވީ މިހާރު އެ ނެރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްކޮޅެކެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް