ads
ޝަހުދާ…
ދީނަށް ފުރައްސާރަކޮށް ތުރާލަކަށް ވެފައިވާ ޝަހުދާގެ މައްސަލަ ބަލަނީ
ތ. ތިމަރަފުށީގައި ދީނަށް ފުރައްސާރަކޮށް ﷲ އަށް ބަދުބަސް ބުނެ މީހުންނަށް ތުރާލަކަށް ވެފައިވާ އައިމިނަތު ޝަހުދާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ ތިމަރަފުށީ އަންހެނަކު އެރަށުގެ ބައެއް ފަރާތްތަކުގެ މުދަލަށް ގެއްލުންދީ ރެސްޓޯރެންޓެއްގެ ބިއްލޫރިގަނޑު ތަޅާލަފައިވާ މައްސަލަ އެއް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަން ފަށައިވާ ކަމަށެވެ.

އެހެން ނަމަވެސް ޝަހުދާ އަދި ހައްޔަރެއް ނުކުރެއެވެ.

އޭނާ ބުރުގާވެސް ނާޅާ މަގުމަތީ އުޅެ ތަންތަނަށް ގެއްލުންދޭ ވީޑިއޯ އެއްވެސް ވަނީ މިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

އެކަމާއި ގުޅިގެން ތިމަރަފުށީ ކައުންސިލް ރައީސް އިސްމާއިލް އިބްރާހިމް ވިދާޅުވީ، އެ އަންހެން މީހާގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމުގެ މައުލޫމާތު ކައުންސިލަށް ވެސް ލިބިފައިވާ ކަމަށާއި އެ އަތޮޅުގައި އުޅޭ ޖެންޑާގެ ބޭފުޅުން ވެސް އެގޭ މީހުންނާ ސުވާލުކޮށްފައިވާ ކަމަށެވެ.

ޝަހުދާގެ މައްސަލަ ދައުލަތުގެ ކަމާއި ގުޅުން ހުރި އިދާރާތަކަށް ތަކުރާރުކޮށް ހުށަހެޅިއްޖެ ކަމަށާއި ނަމަވެސް އެކަމަށް އަދިވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް ކުރިން އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ޝަހުދާ އަކީ އަންހެނަކަށް ވުމުން ގައިގައި އަތްލައި އޭނާގެ އަމަލުތައް ހުއްޓުވަން އުނދަގޫވާ ކަން ފާހަގަ ކުރައްވާ އިސްމާއިލް ވިދާޅުވީ، އޭނާ މިވަގުތު އިނީ ބަލިވެ ކަމަށް ވެސް ހަބަރު ލިބޭކަމަށެވެ.

އެހެން ނަމަވެސް ތަކުރާރުކޮށް މީހުންނަށް ދުއްތުރާކޮށް މުދަލަށް ގެއްލުންދީ ﷲ އަށް ބަދުބަސް ބުނަމުންދާތީ ރަށު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ.

ޝަހުދާ އަކީ މާ ކުރިންވެސް މަސްތުވާތަކެތި ބޭނުން ކުރަމުން އަންނަ މީހެއްކަން ފާހަގަކޮށް އިސްމާއިލް އިތުރަށް ވިދާޅުވީ، އެއީ ވެސް ރަށު ރައްޔިތުންގެ ނުތަނަވަސްކަން އިތުރުކުރުވާ ކަމެއް ކަމަށެވެ.

10%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް