ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ކޯޓު އޮފިސަރެއް ހޯދަން މިއަދު އިއުލާންކޮށްފައިވާއިރު، މިދިޔަ އަހަރުގެ މާރިޗު މަހު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލަން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުންވަނީ ނިންމާފައެވެ.
މީގެ އެއް އަހަރާ އަށް މަސް ކުރިން ޖޭއެސްސީން، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަން އިއުލާން ކުރިނަމަވެސް އޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިކަމެއް އެނގޭކަށް ނެތެވެ. އަނެއްކޮޅުން އުވާލަން ނިންމާފައިވާ ކޯޓަކަށް މުވައްޒަފުން ހޯދަން އިއުލާން ކުރުމުގެ ޖޭއެސްސީން ނިންމި ނިންމުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނޭގެނީތޯވަނީ ސުވާލު އުފެދިފައެވެ.