2021 ވަނަ އަހަރުގެ މިސް ޔުނިވާސް، ހްރްނާޒް ސަންދު
21 އަހަރަށް ފަހު މިސް ޔުނިވާސްގެ ތާޖު އިންޑިއާ އަށް
Share
އެކާވީސް އަހަރު ފަހުން މި އަހަރުގެ މިސް ޔުނިވާސް ގެ ތާޖު އިންޑިއާއިން ކާމިޔާބު ކޮށްފިއެވެ.
Advertisement

މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު ކާމިޔާބު ކޮށްފައިވަނީ އިންޑިއާގެ، ޗަންދީގަރް އަވަށަށް އުފަން އުމުރުން 21 އަހަރުގެ ހްރްނާޒް ސަންދު އެވެ. ހަރްނާޒް މިސް ޔުނިވާސް 2021 ގެ ތާޖު އުފުލާލީ އިސްރާއީލްގެ އައިލާޓްގައި ހުންނަ ޔުނިވާސް ޑޯމްގައި މިކަމަށް ހާއްސަކޮށް ބޭއްވި ހަފްލާއެއްގައެވެ. މީގެ ކުރިން އިންޑިއާއަށް މިސް ޔުނިވާސްގެ ތާޖު ގެންގޮސްދީފައި ވަނީ 2000 ވަނަ އަހަރު، ލާރާ ދަތާއެވެ.

ހަރްނާޒް އަށް މިއަހަރުގެ މިސް ޔުނިވާސް ލިބުމާ ގުޅިގެން މިސް ޔުނިވާސް އޯގަނައިޒޭޝަންގެ އިންސްޓަގްރާމުން ވަނީ އޭނާގެ ފޮޓޯ ޕޯސްޓުކޮށްފައެވެ.

މިސް ޔުނިވާސްގެ ތާޖު ހްރްނާޒްގެ ބޮލުގައި އަޅާފައި ވަނީ މިދިޔަ އަހަރު މިސް ޔުނިވާސްގެ މަގާމު ހޯދި މެކްސިކޯގެ އެންޑްރިއާ މެޒާއެވެ.

މި މުބާރާތުގައި ހަރްނާޒްގެ އިތުރުން 79 ބައިވެރިން ވަނީ ބައިވެރިވެފައެވެ. 70 ވަނަ މިސް ޔުނިވާސްގެ ތާޖު ހްރްނާޒް އަށް ލިބިފައިވާއިރު، މި މުބާރާތުގައި ހަރްނާޒް އާއި އެންމެ ކައިރިން ވާދަކުރީ، މިސް ޕެރަގުއޭ، ނާޑިއާ ފެރެއިރާ އާއި މިސް ސައުތު އެފްރިކާ، ލަލޭލާ މިސްވާނޭ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް