
ސީއެންއެމް އަށް ވާހަކަ ދައްކަމުން ލަޔަކްގެ މަންމަ ހައްވާ އުލާ ބުނީ، ލަޔަކްގެ ވާހަކަތައް ގެނެސްދިން މީޑިއާ ތަކަށާއި ލަޔަކް އަށް ހެޔޮދުއާކޮށް ޕޯސްޓުތައް ކުރި އެންމެހާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން އުލާ ބުނީ، ލަޔަކްގެ ސާޖަރީއަށް ބޭނުންވާ ވަރަށް މިވަގުތު ފައިސާ ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް ރާވާފައިވާ އިވެންޓުތައް މަޑުޖައްސާލަން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
ފަންޑް ރައިޒިން އިވެންޓް އޮންނާނީ ހުކުރު ދުވަހު ހަވީރު…
- "ހުކުރު ދުވަހު މާލޭގައި އޮންނަ އިވެންޓަށް ފަހު ދެން އިހަށް މިވަގުތު ފަންޑް ރައިޒިން އިވެންޓުތައް މަޑުޖައްސާލަން އަޅުގަނޑުމެން މި އެދެނީ" އޭނާ ބުންޏެވެ.
ލަޔަކްގެ ފަރުވާ އަށް އެހީ ހޯދުމަށް ހުކުރު ދުވަހު ބާއްވާ އިވެންޓް އޮންނާނީ އެ ދުވަހުގެ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
އެ އިވެންޓުގައި ފަނޑު ފޮށި ބަހައްޓައި ތަފާތު ވައްތަރުގެ ލުއި ކާތަކެއްޗާއި ކަޕް ކޭކްސް ފަދަ ތަކެތި ވިއްކަން ހަމަޖެހިފައިވާ ކަމަށް އިވެންޓް އޯގަނައިޒް ކުރި ފަރާތުން ސީއެންއެމް އަށް މައުލޫމާތު ދިނެވެ.
ލަޔަކް…
ލަޔަކްގެ އާއިލާ އިން ވަނީ ލަޔަކްގެ ބައްޔަށް ފަަރުވާ ކުރުމަށް ދިއުމަށް އާންމުންނާއި އެކި އެކި ފަރާތްތަކުން ވަމުންދާ މާލީ އެހީތެރިކަން ފާހަގަކޮށް އެ ހުރިހާ އެންމެނަށް ހިތުގެ ފުންމިނުން ޝުކުރުއަދާ ކޮށްފައެވެ.
މިވަގުތު ފައިސާގެ ކަންކަން ހަމަޖެހިފައިވުމުން ލަޔަކްގެ އާއިލާއިން ތައްޔާރުވަމުން އަންނަނީ މި މަހުގެ ފަހުކޮޅު ލަޔަކް ގޮވައިގެން ސާޖަރީއަށް ފުރުމަށެވެ.