ads
އެޑިއުކޭޝަން މިނިސްޓަރު--
2020 ވަނަ އަހަރުގެ ސްކޫލްތަކުގެ ތަފާސް ހިސާބު އަދިވެސް ނުނެރޭ
2020 ވަނަ އަހަރުގެ، ސްކޫލްތަކުގެ ތަފާސް ހިސާބު އަދިވެސް އާންމުކޮށް ނުނެރެއެވެ.

މިދިޔައަހަރުގެ ތަފާސް ހިސާބުތައް ނެރެފައި ނުވާތީ ސީއެންއެމް އިން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި މިހާތަނަށް ތަފާސް ހިސާބުތައް ނެރެފައި ނުވާ ސަބަބު އެނގިވަޑައި ނުގަންނަވާ ކަމަށެވެ. 

"އަޅުގަނޑު ބަލާލަން ޖެހޭނީ ކިހިނެއް ވެގެންތޯ. ބަލާލާފަ ޖަވާބެއް އަރުވާނަން" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

އެ މިނިސްޓްރީން ނެރޭ ތަފާސްހިސާބުތަކުގެ ތައާރަފުގައި ބުނެފައިވާ ގޮތުން އެމައުލޫމާތު ތަކަކީ ސްކޫލްތަކާ ބެހޭ ތެދު މައުލޫމާތު ތަކެވެ. އަދި އެއީ ސަރުކާރުގެ ވައުދުތައް ފުރިހަމަ ކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޭނުންވާ މުހިއްމު މައުލޫމާތު ތަކެކެވެ. 

ތަފާސް ހިސާބުތައް ނެރުމަކީ 1986 ވަނައަހަރުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ ކަމެކެވެ. 

އޭގެ ސަބަބުން އެދާއިރާގެ ޕޮލިސީތައް ހަދާ ފަރާތްތަކާއި، ދިރާސާ ކުރާ މީހުންނާއި، ޕްލޭން ކުރާ މީހުންނާއި އަދި ތައުލީމީ ދާއިރާގެ ކަންކަން ކުރިއަށް ގެންދާ އަމިއްލަ ފަރާތްތަކަށްވެސް އޭގެ ބޭނުން ކުރެވެއެވެ.

ސްކޫލްތަކުން މިއަހަރުގެ ކިޔެވުން ނިމި މިހާރުވަނީ ޗުއްޓީ ފެށެން ގާތް ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް