ads
ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ
58 ރަށެއްގެ ކައުންސިލް ތަކަށް ސެކެޓްރީ ޖެނެރަލްގެ މަގާމަށް މީހުން ހޯދަނީ
58 ރަށެއްގެ ކައުންސިލަށް ސެކްރެޓެރީ ޖެނެރަލް ގެ މަގާމަށް މީހުން ހޯދުމަށް މިއަދު އިއުލާން ކޮށްފިއެވެ.

ސެކްރެޓަރީ ޖެނެރަލް ގެ ދާއިމީ މަޤާމަށް މުވައްޒަފުން އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. 

މުސާރައަށް، 9,300 ރުފިޔާ، މަހެއްގެ މައްޗަށް ލިބޭއިރު، އިތުރު އިނާޔަތް ތަކާއިއެކު 6,800 ރުފިޔާ، އެގްޒެކްޓިވް އެލެވެންސް ގެ ގޮތުގައި ސެކްރެޓްރީ ޖެނެރަލް އަށް އައްޔަން ކުރެވޭ ފަރާތަކަށް ލިބޭނެ އެވެ. 

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ ދަށުން ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް  ގާނޫނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން ޖެހޭނެއެވެ.

މިމަގާމަށް ހޮވޭ މީހުން މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، އަރބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮންނަން ޖެހެއެވެ.

މަގާމަށް ކުރިމަތިލުމުގެ ޝަރުތު ތަކުގެ ތެރޭގައި ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވެސް ވާން ޖެހެއެވެ.

މީގެ އިތުރުންވެސް ގިނަ ޝަރުތު ތަކެއް ހިމެނެއެވެ.

މި އިޢުލާނާ ގުޅިގެން ނުވަތަ މަޤާމަށް އެދެންވީ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރުމަށް ދީފައިވާ ނަމްބަރަކީ 7207307 އަށެވެ. ނުވަތަ، އީ-މެއިލް ކުރާނީ [email protected] އަށެވެ. ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުސޫލު 2021 އަދި އެ އުސޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ (http://www.csc.gov.mv/downloads/15387) މި ލިންކުން ލިބެން ހުންނާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް