ads
އަވަހާރަވި މެންބަރު ހުސައިން ވަހީދު އުމުރުން ދުވަސްވީ ބޭފުޅަކާ ސަލާމް ކުރައްވަނީ…
ހުސައިން ވަހީދު: ވަކިވެދިޔައީ ދާއިރާ އާއި ލޯބިވާ އެތައް ބަޔަކު ރޮއްވާފައި!
ރޭ ދަންވަރު 1:24 ހާއިރު މުޅި ރާއްޖެ ސިއްސުވާލީ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި ފަނާކުރަނިވި ދުނިޔެއާ މުޅި އުމުރަށް އަލްވަދާއު ކީ ހަބަރާ އެކުއެވެ. ރޭގަނޑުގެ އަރާމު ނިދީގައި ތިބި މީހުންނަށް އެ ހަބަރު އެނގެންފެށީ މަސައްކަތުގެ ތެރޭގައި ހެނދުނު ޝާމިލުވެގަތް ވަގުތެވެ. ލޯބިވާ މީހުންނާއި މެންބަރު ނިސްބަތްވާ ދާއިރާގެ މީހުންނަށް ވެސް އެ ހަބަރު ވެގެންދިޔައީ ގަބޫލުކުރަން ވެސް ދަތިވި ހަބަރަކަށެވެ.
Advertisement

މެންބަރު ހުސައިން އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެމަނިކުފާނު މިބަލީގެ ވޭނުގައި ދުވަސްތައް ކަޑައްތު ކުރަމުން ދާތާ ދުވަސްތަކެއް ވޭތުވެ ދިޔަ ފަހުންނެވެ.

އާލާސްކަންފުޅުގައި ހުސައިން ވަނީ ރާއްޖޭން ބޭރުން ވެސް ބައްޔަށް ފަރުވާ ހޯއްދަވާފަ އެވެ. އެގޮތުން ޔޫއޭއީގެ ހޮސްޕިޓަލަކުން ވެސް ކެންސަރަށް ފަރުވާ ހޯއްދެވިއެވެ.

ދާއިރާއަށް ސިހުމެއް، މަޖިލިސް ކަރުނުން ތެއްމާލީ!

ހުސައިން އަވަހާރަވި ހަބަރުން މެންބަރު ނިސްބަތްވާ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހާއްސަކޮށް ހުސައިންގެ އުފަން ރަށް ކަމުގައި ވާ ށ. ފޯކައިދޫ މިއަދު ގެނބެމުން އެދަނީ ކަރުނައިގެ ކޯރެއްގައެވެ.

your imageރައީސް ނަޝީދުގެ އަރިހުގައި ހުސައިން ވަހީދު…

ހަމަ އެއާއެކު މަޖިލީހުގެ އެހެން މެންބަރުންނަށް ވެސް މި ހަބަރުން އަސަރު ކުުރުވައިފިއެވެ. މައްޔިތާގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި ދުއާ ނުކުރާ އަދި އާއިލާއަށް ތައުޒިޔާ ނުކުރާ މެންބަރަކު މަދެވެ. މަޖިލިސް ޗުއްޓީގައި އޮތަސް މިއަދަކީ މަޖިލީޙުގެ ތާރީހަށް އައި ކަޅު ދުވަހަކށް ވާނެއެވެ.

ބަލީގެ ވޭނުގައި ދުވަސްތައް ވޭތުކުރަމުންދިޔަ އިރު ހާލުކޮޅު އެނގިލައްވާ ގާތުގައި މަސައްކަތް ކުރެއްވި މެންބަރުންނާއި ސިޔާސީ އިސްވެރިން ހުސައިން ސިފަ ކުރައްވަނީ ވަރަށް ހުލުގްފުޅު ހެޔޮ ހިތްތިރި ބޭފުޅެއްގެ ގޮތުގައެވެ.

ސޯޝަލް މީޑިއާގައި އެތައް ހާސް ބައެއްގެ ހެޔޮ ދުއާ!

އުމުރުފުޅުން 53 އަހަރުގައި ލޯބިވާ އެތައް ބައެއްގެ ލޯމަތިން އެ ގެއްލުނީ ވަރުގަދަ ޝަހުސިއްޔަތެކެވެ. ތިންދަރިންގެ ބައްޕާފުޅެެވެ. އަނބިކަނބަލުންނާއެކު ލޯބިން ހޭދަކުރެއްވި "ލޯބި" ވަގުތުތައް ހުދު ކަފަތަކުގެތެރޭގައި ފޮރުވި ފަސްދާނު ލެވުނީއެވެ.

"ހުސައިން އަކީ ވަރަށް ހެޔޮ  ބޭފުޅެއް. އަޅުގަނޑުމެންވެސް ވަރަށް ގާތް ދަންނަ ބޭފުޅެއް. އެއީ މީހުންނަށް ވަރަށް ހެޔޮ ބޭފުޅެއް. ރުޅި އިސްކުރައްވާފަ ހުންނަ މަންޒަރު ނުފެނޭ ދުވަހަކުވެސް އަޅުގަނޑަކަށް" ހުސައިންގެ އުފަން ރަށުން ވާހަކަ ދެއްކި ފަރާތެއް ނަން ހާމަނުކުރުމަށް އެދި ބުންޏެވެ.

މަރު ބަލީގެ ގޮތުގައި މީހުން ބުނަމުންދާ ކެންސަރުގައި އަވަހާރަވި ހުސައިންގެ ހަނދާންތައް ސިޔާސީ ގިނަ ފަރާތްތަކުން ވެސް ވަނީ އާކޮށްފައެވެ. މެންބަރު ކަމުގެ ދެވަނަ ދައުރުގައި މަޖިލީހުގެ ގޮނޑިކޮޅުގައި ދާއިރާގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދެވި ހަނދާން އާކޮށް އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ހުސައިންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

"އެމްޕީ ހުސައިން އަކީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމަކްރޮސީއަށް އަނބުރާލުމުގައި ބޮޑު ދައުރެއް އަދާ ކުރެއްވި ވަރަށް އިހުލާސްތެރި ބޭފުޅެއް. ވަކިވެގެންދިޔައި އެމްޑީޕީގެ ވަރަށް ވަރުގަދަ ތަނބެއް" ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

your imageހުސައިން ވަހީދުގެ ޖަނާޒާގައި ރައީސް ސޯލިހު އަދި ރައީސް ނަޝީދު ފޮޓޯ ސޯޝަލް މީޑިއާ

މީގެ އިތުރުން ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ހުސައިން އަކީ އިންސާނުންގެ ތެރެއިން ވެސް މާތް އިންސާނެއް ކަމަށާއި ޑިމަކްރޮސީ ފައްކާ ކުރުމުގައި ހުސައިން ކުރެއްވި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމަށެވެ.

ދިިރިއުޅުން އާރާސްތު ކުރެއްވުމަށް ހުސައިން ގެންދެވީ ފުޅާދާއިރާއެއްގައި ވިޔަފާރިވެސް ކުރައްވަމުންނެވެ. އެގޮތުން ލަކުޑީގެ ވިޔަފާރިކުރާ ޓިމްބާ ހައުސް އާއި ޔުނައިޓެޑް ފުޑް ސަޕްލައިއަކީވެސް އޭނާގެ ވިޔަފާރިތަކެވެ. 

މަޖިލީހުގެ ގޮނޑިކޮޅުގައި އިންނަވާ މަޑުމައިތިރި ކަމާއި ހިތްތިރިކަން ދެއްކެވި މެންބަރު ހުސައިންގެ ވަކިވެދިޔުމާއެކު ލޯބިވާ ގިނަ ބައެއްގެ ލޯތައް މިއަދު ތެންމާލީ މުޅި ރާއްޖެވެސް އެ ހަބަރާއެކު ރޮއްވާފައޭ ބުނެވިދާނެއެވެ. އެންމެންގެ ހެޔޮ ދުއާ އާއެކު ފަސްދާނުލެވި ދިޔަ ނަމަވެސް ދިވެހި ލޮބުވެތި ރައްޔިތުން އަންނަނީ ހުސައިންގެ އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމުންނެވެ.

25%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް