ފުލުހުން ބުނީ މިއަދު 12:30 ހާއިރު، ބ. ވައްކަރު ރިސޯޓްގައި އަލިފާނުގެ ހާދިސާ އެއް، ހިނގައިގެން އުޅޭ ކަަމަށް، ފުލުހުންނަށް، ރިޕޯޓް ކުރުމާއެކު އެތަނަށް ވަގުތުން އެޓެންޑް ވެފައި ވާ ކަމަށެވެ.
އެހެންނަމަވެސް ފުލުހުންނަށް އެތަނަށް ދެވުނު އިރު ރިސޯޓުގެ މުއައްޒަފުން ވަނީ އަލިފާން ނިއްވާލާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަން ކަން ބަލަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.