ads
ކްލަބު ވެލެންސިޔާ ކުޅުންތެރިން
މާދަމާ ފުރަތަމަ މެޗު، ވެލެންސިޔާ ތައްޔާރެއް ނޫން
އާ ސީޒަނުގެ ފުރަތަމަ މެޗަށް ކްލަބު ވެލެންސިޔާ މާދަމާ ނުކުންނައިރު އެ ކްލަބުން ސީޒަނައް ތައްޔާރު ނޫން ކަމަށް އެ ކްލަބުން ބުނެފިއެވެ.

އާ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި އެއް ކޮޅުން ނުކުންނާނީ ކްލަބު ވެލެންސިޔާއެވެ. މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް މާދަމާ ވެލެންސިޔާއިން ނުކުންނައިރު އެ ޓީމުންބުނީ ޓީމު ތައްޔާރު ނޫން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީމުގެ ކޯޗުވެސްވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޓީމުން ވަކިވެފައެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަކޮށް އެންމެ ޕްރެކްޓިހެއްވެސް ކޮށްފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ދަގަނޑޭ ޓީމާ އެކު ޕްރެކްޓިސް ކުރަން ފެށިތާ އަދި ހަފްތާއެއްވެސް ނުވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އާ ސީޒަން ފެށެން ކުޑަތަންވެފައިވާއިރު، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކްލަބު، އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިސްބަތްވެވަޑައިގަންނަވާ ކްލަބު ތައްޔާރު ނޫން ކަމަށް ބުނިއިރު، މީގެ ދެ ދުވަހެއް ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމްވަނީ އެފްއޭއެމް ބަނގުރޫޓުވެފައިވާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް