ads
މަބްރޫކް---
ޔާމީންގެ ދައުރުގައި އުފެއްދުނީ 22ހާސް ވަޒީފާ،މިސަރުކާރުން މިހާތަނަށް 11ހާސް: މަބްރޫކް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އުފެއްދިފައިވަނީ ބާވީސް ހާސް ވަޒީފާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ ރައީސް ޔާމީން ރައީސް ކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގައި 18 އަހަރާއި 65 އަހަރާދެމެދުގެ މީހުން ތިބި އަދަދަކީ ދެލައްކަ ފަސްހާސް ކަމަށެވެ. އަދި އޭގެތެރެއިން ރައީސް ޔާމީން ރައީސްކަމަށް ވަޑައިގެންނެވި އިރުވެސް 95 ހާސް މީހުން ތިބީ ވަޒީފާގައި ކަމަށެވެ. 

އެހެންނަމަވެސް ރައީސް ޔާމީން ތަކުރާރު ކޮށް ވިދާޅުވަނީ އެމަނިކުފާނުގެ ފަސްއަހަރުގެ ދައުރުގައި އެއްލައްކަ ފަސްހާސް މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. 

އެކަމާ ގުޅުވައި ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމްގައި މަބްރޫކް ވިދާޅުވީ އެއްލައްކަ ފަސްހާސް ވަޒީފާ ދެވިފައިވާ ކަމަށްވާނަމަ ރާއްޖޭގައި މިހާރު ވަޒީފާ އަދާ ނުކުރާ މީހަކު ހުރެގެން ނުވާނެ ކަމަށެވެ. 

މަބަރޫކް އިތުރަށް ވިދާޅުވީ ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރައީސް ޔާމީނުގެ ސަރުކާރުގައި އުފެދިފައިވާ ޖުމްލަ އަދަދަކީ ބާވީސް ހާސްކަމަށެވެ އަދި އެއީ ޕްރައިވެޓް ސެކްޓާ ވެސް ހިމަނައިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

އަދި ހަމައެއާއެކު ޕެންޝަން އޮފީހާ ހަވާލާ ދެއްވައި މަބްރޫކް ވިދާޅުވީ މިސަރުކާރުގެ ތިން އަހަރުތެރޭ މިހާތަނަށް އެގާރަ ހާސް ވަޒީފާ އުފައްދާފައިވާ ކަމަށެވެ. 

27%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް