ads
ހިޔާ ފްލެޓްތައް ؛ ފޮޓޯ: މިހާރު
ކުރީ ސަރުކާރުގެ ސްޕީޑް މިސަރުކާރަށް ވުރެ މާލަސް: މަބްރޫކު
ކުރީސަރުކާރުގެ ޕްރޮޖެކްޓްތައް ފެށީ މިސަރުކާރަށް ވުރެ މާލަހުން ކަމަށާއި، މިސަރުކާރަށް ޕްރޮޖެކްޓްތައް ނުހިންގެއޭ ބުނެވޭނެ ބަޔަކު ނުތިބޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނުގެ ސަރުކާރުގައި ހިޔާ މަޝްރޫއު ފެށީވެސް އެސަރުކާރުގެ ހަތަރުވަނަ އަހަރުގައި ކަމަށް މަބަރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިސަރުކާރުން 42 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި އޮއްވާ އެހެން ކަމަކަށް އިސްކަން ނުދޭނެ ކަމަށެވެ. 

އެހެންނަމަވެސް އޭގެ މާނައަކީ މިސަރުކާރުގައި ބޮޑެތި މަޝްރޫއުތައް ނުހިންގާނެ، ނުވަތަ ނެތްވާހަކަ ނޫން ކަމަށާއި ބްރިޖްގެ މަސައްކަތާއި ބޯހިޔާވަހިކަމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށެވެ. 

"ކެމްޕޭން ޖަލްސާތައް އެތާ ބޭއްވިއިރު އެއީ އަދި ނުނިމޭ ކޮންސްޓްރަކްޝަން ސައިޓެއް . ރާނާނުނިމޭ ކޮންސްޓްރަކްޝަން ސައިޓެއް" ރައީސް ޔާމީންގެ ހިޔާ މަޝްރޫއަށް އިޝާރާތް ކުރައްވައި މަބްރޫކް ވިދާޅުވިއެވެ. 

އިދިކޮޅުފަރާތްތަކަށް ރައްދުދެއްވަމުން މަބްރޫކް ވިދާޅުވީ އެ ސަރުކާރުގެ ހިޔާ މަޝްރޫއު ފެށުނީވެސް އެދައުރުގެ ހަތަރު ވަނަ އަހަރުކަމަށާއި އެހެން ކަމުން މިސަރުކާރުން އަދި އެހިސާބަށް ނުދާ ކަމަށެވެ. އެހެން ކަމުން އެފަދަ ވާހަކަ އިދިކޮޅު ފަރާތްތަކަށް ދެއްކެން ނޯންނާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

މަބްރޫކު ވިދާޅުވީ މިއަހަރު ގެދޮރުވެރިޔާ ލޯން ޕްރޮގްރާމާއި، 1.5 ބިލިޔަން ރުފިޔާގެ ހައުސިން ޕްރޮޖެކްޓްތައް ރާއްޖޭގެ ރަށްރަށަށް ހުޅުވާލާފައިވާކަމަށާއި، ނައިފަރުގައި 100 ޔުނިޓްގެ ޕްރޮޖެކްޓް ނިމިފައިވާކަމަށާއި،އިތުރު ތިން ރަށެއްގައި 100 ޔުނިޓްގެ ޕްރޮޖެކްޓް ކުރިއަށްދާކަމަށާއި، އެޕޯލޯ ޕްރޮޖެކްޓް މާލޭ ސަރަހައްދުގައި ކުރިއަށްދާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް