ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލުމަށްފަހު އދ. ދަނގެތީ ފަޅުގޯއްޗެއްގެ ފެންވަޅަށް ވައްޓާލާފައި އޮއްވާ ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް ދަޢުވާތައް ކުރުމަށް ހުށަހެޅީ އިއްޔެއެވެ.
މަހުމޫދު މަރާލައި، ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ފުލުހުން ބުނެފައިވަނީ މަހުމޫދު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާ އަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމަށެވެ.
ކުރިން ފުލުހުން ބުނީ މަހުމޫދުގެ މަރުގެ ކޭސްގައި ހިނގައިދިޔަ ކަންކަން ހިނގުމުގައި 5 ގަޑިއިރު ހޭދަވެފައިވާ ކަމަށެވެ. އަދި ބުނީ އެމައްސަލަ ކޯޓުގައި ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.
16 ނޮވެމަބަރުގައި ކްރިމިންލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ. އެދުވަހު ފުލުހުން ބުނެފައިވަނީ އެ މައްސަލައިގެ މިހާރު ފުލުހުން ކުރަމުންދަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ފަހުގެ މަސައްކަތްތައް ކަމަށެވެ.
މަހުމޫދުގެ މަރާއި ގުޅިގެން މި މިހާ ހައްޔަރުކުރީ މަޙުމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނުތާ އެއްދުވަސް ފަހުންނެވެ.
މަހުމޫދު ހަށިގަނޑަަށް ވަޅިން ހަމަލަދީ ބޮޑެތި ޒަހަމްތަކެއް ދީފައިވެއެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ތުހުމަތު ކުރެވުނީ ދަނގެތީގައި އުޅޭ ދެ ބީރައްޓެހިންނަށެވެ. ތޮއްޑޫ އަށް އުފަން އެ ދެ މީހުންނާ ދޭތެރޭގައި ދަނގެތި މީހުން ޝައްކު ކުރި ނަމަވެސް ސާލިމްއާ މެދު ތުހުމަތު ކުރެވުނީ އޭނާ ދިރިއުޅޭ ގެއިން މީހަކަށް ފެނުނު މަންޒަރުންނެވެ.
އެމީހާ ބުނި ގޮތުގައި ޝާ އޮލަމް މިއާ ދިރިއުޅޭ ގެއިން އެ ރޭ ނުވައެއް ޖަހާކަން ހާއިރު، މީހެއްގެ ހަޅޭކުގެ އަޑު އިވިގެން ބަލާލި އިރު، ގޭތެރެއިން އެއްޗެއް ދަމާފައި މީހަކު ގެންދާ މަންޒަރު ފެނުނު ކަމަށެވެ. އެ މައުލޫމާތު އޭނާ އެންމެ ފުރަތަމަ ހިއްސާ ކުރީ އާއިލާގެ މީހަކާއެވެ. އެކަމަކު ފަހުން އެކަން ފުލުހުންނާ ހިއްސާ ކުރުމުން ފުލުހުން ވަނީ ޝާ އޮލަމް މިއާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކޮށްފައެވެ.
މަހުމޫދުގެ މަރާލި ރޭ ކަން ހިނގައިދިޔަ ގޮތް ޝާ އޮލަމް މިއާ ކިޔައި ދިން އިރު، އޭނާ ދިރިއުޅޭ ގޭގައި ވަޅުލާފައި ހުރި ގިނަ ތަކެތި ވެސް ވަނީ ހޯދައިފައެވެ.
މި މައްސަލާގައި ފުލުހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުން އެނގޭގޮތުގައި މި މީހާ މަހުމޫދު މަރާލީ އޭނާ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް މީމީހާ އެކަނި ގޮހެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.