ads
އައްޑޫ ފޭދޫ
އައްޑޫ ސިޓީ ފޭދޫ މިސްކިތެއްގެ އިމާމް ހުންނަތަނަށް މީހަކު ބޮޑުކަމު ގޮސްފި
އައްޑޫ ސިޓީ ފޭދޫ މިސްކިތެއްގެ އިމާމު ނަމާދު ކުރަން ހުންނަ ތަނަށް މީހަކު ބޮޑު ކަމުގޮސްފި އެވެ.
Advertisement

އައްޑޫ ސިޓީ ކައުންސިލަރު އާމިނަތު ސަލްމާ ސީއެންއެމް އަށް ވިދާޅުވީ ބޮޑުކަމު ގޮސްފައިވަނީ އެރަށުގައި ހުންނަ މަސްޖިދުލް އަމާން އަށް ކަމަށެވެ. އޭނާ ވިދާޅުވީ ރޭ ފަތިހު އިމާމް އޭނާ އަށް ގުޅުމާއެކު މިސްކިތައް ވަޑައިގެން ބެއްލެވި އިރު އެގޮތަށް ކަން ހިނގާފައިވާ ކަމެށެވެ.

ސަލްމާ ވިދާޅުވީ އެމިސްކިތުގެ އިތުރުން މަސްޖިދުލް ނަސްރުގެ ތެރޭގައި ހުރި މުސްހަފްތައް ބިންމައްޗަށް އުކާލާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ އެއް މިސްކިތަށް ބޮޑުކަމުގޮސް އަނެއް މިސްކިތައް ގެއްލުން ދީފައިވާ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ އެމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. 

ކައުންސިލުން އިތުރަށް ބުނީ ރޭގައި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަކީ ނަފްސާނީ ބައްޔަށް ބޭސްފަރުވާ ކުރަމުން އަންނަ މީހެއް ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ ވަކި އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ. 

ރޭ އައްޑޫ ސިޓީގައި މިހާދިސާ ހިނގާފައިވާއިރު މާލޭގެ މިސްކިތްތަކަށް ކުޑަކަމުގޮސް، ހަތިމަށް ކުޅު ޖެހި މީހަކު މިމަހުގެ އެއްވަނަ ދުވަހު  އެއްމަހާއި 19 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އިބްރާހިމް މިސްކިތަށް ވަދެ ހަތިމަށް ކުޅު ޖެހުމުގެ އިތުރުން މިދިއަ އޮކްޓޫބަރުމަހު އިސްލާމީ މަރުކަޒަށް ވަދެ ޖަމާއަތުގައި މީހުން ނަމާދު ކުރަންތިއްބާ ގިބްލައަށް ވާގޮތަށް ކުޑަކަމުގޮސްގެން ހުކުމް އިއްވީ މ. ޝޭޑީހޯމް، ހަސަން ޒިޔާދެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް