ads
މޭރީ ގްރޭސް ޕިނޭޑާ އޭނާގެ ފިރިމީހާއާއިއެކު-----
އައިޖީއެމްއެމްއެޗް ނަރުހުގެ މަރާ ގުޅިގެން ދިވެހި އަންހެނަކު ހައްޔަރަށް
އައިޖީއެމްއެޗް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްއަށް ނިސްބަތްވާ ނަރުސް މީހާގެ މަރާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މަރުވި މޭރީގެ މަރުގެ މައްސަލައިގައި ފުރަތަމަ ހައްޔަރު ކޮށްފައިވަނީ އޭނާގެ ފިރިމީހާއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އައިޖީއެމްއެޗް ނަރުހުގެ މަރުގެ މައްސަލައިގައި އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކުރިން ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ބަންދަށް ކުރިން ވަނީ ދެ ފަހަރެއްގެ މަތިން މުއްދަތު ޖަހާފައެވެ.

މޭރީ ނަމަކަށް ކިޔާ އެ ނަރުހުގެ ފިރިމީހާ އަކީ ވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މޭރީގެ މަރުގެ މައްސަލައިގަތް އެންމެ ބޮޑަށް ތުހުމަތުކޮށް ހައްޔަރު ކުރި އެމީހާ ދިވެހި އަންހެނަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވެސް އެދުވަސްވަރު ވަނީ އަޑުތައް އަރާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގްރޭސް މަރުވެފައިވަނީ މަސައްކަތުން ލިބުނު ހުސް ވަގުތު ކޮޅެއްގައި ގެއަށް ދިޔަ ފަހުންނެވެ. ގްރޭސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ވެ އެވެ. އަދި އޭނާ އަށް އަނިޔާތަކެއް ލިބިފައިވާ ކަމުގެ ނިޝާންތަކެއް ހަށިގަނޑުން ފެނިފައިވާ ކަމަށް ވެއެވެ. 

މައުލޫމާތު ލިބޭ ގޮތުން ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާގެ ފިރިމީހާ އެވެ. އަންހެނުންގެ މަރާއި ގުޅިގެން އެންމެ ފުރަތަމަ އޭނާ ބުނެފައި ވަނީ ގްރޭސް މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ. އެހެން ނަމަވެސް ފަހުން އަންހެނުން ކުއްލި އަކަށް ހޭނެތިގެން ވެއްޓުނީ ކަމަށް ބުނި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ގްރޭސް އޭނާގެ ފިރިމީހާ އާ ކައިވެނި ކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް