
މިމައްސަލާގައި ހުކުމް ކޮށްފައިވަނި ހ.ގަސްވާ މުޙައްމަދު މީޢާދު އަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މީއާދު ދައުވާއަށޤ އިންކަރު ކޮށްފައި އޮތް ނަމަވެސް މައްސަލަ ދައުވާ ސާބިތުވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާކަމަށެވެ.
ރާއްޖެ ޓީވީގައި ރޯކޮށްލާފައިވަނީ 2013 ވަނައަހަރުއެވެ. އެ ސްޓޫޑިއޯގައި ހުރި ހުރިހާ ސާމާނެއް ވަނީ އަނދާ ހުލިވެފައެވެ.
މީއާދުގެ މައްޗަށް ކުރެވުނު ހުކުމުގައިވަނީ އިތުރު ފަސް މީހަކާއެކު ހ.ކުއީން އޮފް ދަ ނައިޓް (ބީކޭޓީ ބިލްޑިން) ގައި ހުންނަ ރާއްޖެ ޓީވީގެ ސްޓޫޑިއޯގައި އަލިފާން ރޯކޮށްލާފައިވާކަމަށް މުޙައްމަދު މީޢާދު އިންކާރުކުރިނަމަވެސް، މައްސަލަ ސާބިތުކުރެވޭ މިންވަރަށް ދައުލަތުން މީއާދުގެ މައްޗަށް ހެކި ޤަރީނާ ހުށަހަޅާފައިވާތީ، ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ކުށުން މީޢާދު ކުށްވެރިވެފައިވާ ކަމަށެވެ.
އަދި އެކަމުގެ އުގޫބާތެއްގެ ގޮތުން ދެއަހަރަށް ޖަލަށް ލާން ހުކުމްވަނީ ކޮށްފައެވެ. އެހެންނަމަވެސް އޭނާ ބަންދުގައި ހޭދަކުރި 63 ދުވަސް އޭނާގެ މައްޗަށް ކަނޑައެޅުނު މިޙުކުމުގެ މުއްދަތުން ކެނޑުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ މައްޗަށް އަމުރުކޮށް އެގޮތުގެ މަތިން ގަޒިއްޔާ ނިންމާކަމަށް ހުކުމްގައިވއެވެ.
އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ކުރި ނަމަވެސް އޭރު އަމަލުކުރި ގާނޫނުގައި އެ ކުށަށް އޮންނަނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. އެހެންނަމަވެސް އެ ހާދިސާ ހިނގިފަހުން ގާނޫނުލް އުގޫބާތު ވުޖޫދަށް އައިއިރު އެ ގާނޫނުގައި އެ ކުށަށް ލުއި އަދަބެއް ވަނީ ހިމަނާފައެވެ. އޭނާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އައީ ފަހުން އަންނަ ގާނޫނުގައި ލުއި އަދަބެއް އޮވެއްޖެ ނަމަ، އެ މީހަކަށް ދޭންޖެހޭނީ ލުއި އަދަބު ކަމަށް ގާނޫނު އަސާސީގައި އޮންނާތީ އެވެ.