ads
އައިޖީއެމްއެޗް
އައިޖީއެމްއެޗަށް ގެންދިޔަ ގައިދީއަކު ފިލައިފި
ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންދިޔަ ގައިދީއަކު ފިލައިފި އެވެ.

ކަރެކްޝަންގެ އޮފިސަރަކު ވަނީ މިކަން ޔަގީންކޮށްދީފަ އެވެ. 

ފިލާފައިވާ ގައިދީ އަކީ ގދ. ރަތަފަންދޫއަށް އުފަން އުމުރުން 24 އަހަރުގެ އައިސަރު ނަސީމް އެވެ. 

އައިސަރު ފިލާފައިވަނީ އައިޖީއެމްއެޗްގެ ޓީބީ ކްލިނިކް ތެރެއަށް ވެއްދުމަށްފަހު ފަރުވާ ދިނުމަށްޓަކައި ބިޑި ނައްޓާލުމުން އެތަނުގެ ކުޑަދޮރަކުން ފުންމާލައިގެން ކަމަށް އެނގިފައިވެ އެވެ.

އޮފިސަރު ވިދާޅުވީ ފިލާފައިވާ ގައިދީއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކަމަށެވެ. އޭނާ ފިލާފައިވަނީ މިއަދު ހެނދުނު ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންދިއުމުން ކަމަށްވެސް ވިދާޅުވި އެވެ. 

އޮފިސަރު އިތުރަށް ވިދާޅުވީ ގައިދީ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. އަދި މިކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ގައިދީން ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލްތަކަށް ގެންދާއިރު ކަރެކްޝަންސްގެ އޮފިސަރުން އެމީހުންގެ ކައިރީގައި އަބަދުވެސް ތިބެ އެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް