ads
ނެޝަނަލް ކައުންޓަ ޓެރަރިޒަމްގެ ބައްދަލުވުން ކުރިއަށް ދަނީ
ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތައް އެއްމޭޒަކަށް ގެންނަނީ
ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ހައި-ލެވެލް ފޯރަމް އޮން ސޯޝަލް ރެޒިލިއެންސް އިން ދި މޯލްޑިވްސް ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ ބޭނުމަކީ "ސްޓޭކްހޯލްޑަ ރައުންޑްޓޭބަލް އޮން ބިލްޑިންގ ސޯޝަލް ރެޒިލިއެންސް އިން ދަ މޯލްޑިވްސް" ގައި ފާހަގަކުރެވުނު ކަންތައްތައް ހުށަހަޅައި، މުސްތަޤުބަލުގައި މި ދާއިރާގައި މަސައްކަތްކުރާ މުއައްސަސާތަކެއްގެ މަސައްކަތްތައް ރާވާ ބައްޓަންކުރާނެ ގޮތްތަކާއިމެދު މަޝްވަރާކުރުމެވެ. 

ބައްދަލުން ކުރިއަށް ގެންދެވުނީ 4 ދުވަހުގެ މުއްދަތަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ބައްދަލުވުމުގައި ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތައް އެއް މޭޒެއްގެ ދަށަށް ގެނެސް މިހާރު ކުރެވޭ މަސައްކަތްތަކާއި، ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމާއި، މި މަސައްކަތުގައި ހުރިހާ އެންމެން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް، ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިޒަމްގައިވާ ކަންކަން ހާސިލްކުރުމަށް މަގުޗާޓެއް އެކުލަވާލުންވެސް ބައްދަލުވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެން.ސީ.ޓި.ސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޒަކަރިއްޔާ މަންޞޫރު ވިދާޅުވި ގޮތުގައި އެކްޝަން ޕްލޭނެއް ކާމިޔާބުވާނީ މި ކަމުގައި ޝާމިލްވާ އެންމެންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށް ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަޠީފް ވިދާޅުވީ ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ ބައިނަލްއަޤްވާމީ މައްސަލައެއްކަމަށާއި، މިކަމަށް ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް ހައްލުތައް ހޯދައި މުޖުތަމަޢުގެ ބައިވެރިވުން އޮންނަން ޖެހޭނެކަމަށެވެ.

މި ބައްދަލުވުންތަކުގައި ސަރުކާރުގެ 17 އިދާރާއަކުންނާއި 2 މަދަނީ ޖަމިއްޔާއިން 23 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް