ads
ފުލުހުން ހޯދަމުން އަންނ ލ. މާމެންދޫ/ ދަނޑުމަތީގެ، އިބްރާހިމް ޝަރީފު
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ލ. މާމެންދޫ/ ދަނޑުމަތީގެ، އިބްރާހިމް ޝަރީފު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައި ވާކަމަށެވެ. 

އަދި އިބްރާހިމް ޝަރީފް އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ 9991442 ނަންބަރަށް ގުޅާ ހިއްސާ ކުރުމަށްވެސް އެދޭ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. 

ފުލުހުން ޝަރީފް ހޯދަމުން ދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީއެވެ. 

ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ، ޝަރީފް ބަންދުގައި ބަހައްޓައިގެން 2021 ޑިސެމްބަރު 19 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް