ތިރީހަކަށް ޒުވާނުން މިވަނީ މުޖުތަމައަށް ތަފާތު ދައްކަން ނުކުމެފައެވެ. އެލް ބްރަދާސް ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ކްލަބްގެ ނަމުގައެވެ.
މާ މަޝްހޫރު ނޫނަސް މި ކްލަބް އިން އިސްނަގައިގެން އަންނަނީ ކުޅިވަރަށް މީހުން އަލުވެރިކުރުމުގެ ގޮތުން ތަފާތު ކަންކަން ކުރަމުންނެވެ. ސީއެންއެމް އަށް މައުލޫމާތު ދެމުން ކްލަބްގެ ކްލަބުގެ މެނޭޖަރު ޝާއިން ޝަރީފް ވިދާޅުވީ، އެލް ބްރާދާސް އަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބަޔަކަށް ވުމުގެ ފޮނި ހުވަފެން ދެކެމުން އަންނަ ބައެއް ކަމަށެވެ.
މި ކްލަބުން ވަނީ މިފަހަކުން ބަލި ކުއްޖަކަށް އެހީ ހޯދުމަށް ބޭއްވި ބޮޑު ފަންޑްރައިޒިން އިވެންޓެއްވެސް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.
އެލް ބްރަދާސް އިން ބޭނުން ވަނީ ވެސް މިފަދަ ކޮންމެ ކަމެއްގައި ނަމޫނާ ދައްކަން ނުކުމެ އަބަދުވެސް އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭށެވެ.
"އަޅުގަނޑުމެން ޓީމުން ބޭނުންވަނީ އަބަދުވެސް މީހުންނަށް އެހީތެރިކަން ހޯދަ ދޭން. މި ޓީމުން މިފަދަ ކޮންމެ ކަމެއްގައި އިސް ސަފަށް ނުކުންނަން ތައްޔާރު" ޝާއިން ވިދާޅުވިއެވެ.
ކުލަބުން އިސްނަގައިގެން ފުރަތަމަ ފަހަރަށް ބޮޑުކޮށް ބޭއްވި ފަންޑްރައިޒިން އިވެންޓުގެ ވާހަކަ ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ، ފުރަތަމަ ބޮޑު އިވެންޓުވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އެހީތަކަށް ބޭނުންވާ ކުދިން އިވެންޓް ބާއްވާން ބޭނުންވާނަ އެލް ބްރަދާސް ސްޕޯޓްސް އެންށް ރިކްރިއޭޝަން ކްލަބްގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްލުމަށް އެދޭ ކަމަށެވެ.
އިންސާނިއްޔަތައްޓަކައި ދަރުމަ އެދިގެން މި ކްލަބުން ކޮންމެ ދަނޑިވަޅެއްގައި ވެސް ނުކުންނަން ތައްޔާރަށް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް ވިދާޅުވީ، ކުރިއަށް ރާއްޖޭގައި އޮން ކުޅިވަރުގެ ހަރަކާތްތަކުގައި ވެސް އެލް ބްރަދާސްގެ ފަރާތުން ބައިވެރިވުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އަމާޒަކީ ވެސް އެލް ބްރަދާސްގެ ނަން ވިދާލައިގެން ދިޔުން ކަމަށެވެ.
ޒުވާނުންގެ މި ޓީމަކީ އަބަދުވެސް ރަނގަޅު ކަން ކަމަށް މަރުހަބާ ކިޔާނެ ޓީމެކެވެ. ކްލަބުން އިސްނަގައިގެން ބާއްވާ ފަންޑްރައިޒިން އިވެންޓުތައް ނުވަތަ މީނޫންވެސް ބޮޑެތި އިވެންޓުތަކުގައި ވޮލިންޓިއަރުންގެ ގޮތުގައި ބައިވެރިލަން ބޭނުންވާ ނަމަ ޒުވާނުންގެ މި ކްލަބާއި ގުޅުމުގެ ފުރުސަތު އޮތީ ހަމަ ހުޅުވާލެވިފައެވެ.