ads
އެމްޑަބްލިއު އެސްސީން މަސައްކަތް ކުރަނީ: މިހާރުވަނީ ފެނުގެ މައްސަލަ ހައްލު ކުރެވިފައި
ފެނުގެ މައްސަލަ ހައްލު ކުރެވިއްޖެ: ފެން ކުންފުނި
މިއަދު ފެން ހޮޅިހެއް ފަޅައިގެން ގޮސްގެން ކުރިމަތިވި މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށް އެމްޑަބްލިއު އެސްސީން ބުނެފިއެވެ.

ފެނުގެ މައްސަލަ ދިމާވުމާ ގުޅިގެން އެކުންފުނިން ވަނީ އެކަމަށޤޓަކައި ނިހާޔަތަށް މާފަށް އެދޭކަމަށް ބުނެފައެވެ. 

ސީއެންއެމް އަށް ވާހަކަ ދައްކަމުން އެމްޑަބްލިއުއެސްސީގެ މީޑިއާ އޮފިސަރު ކުރިން ވިދާޅުވީ، މައި ނެޓްވޯކްގެ ފެން ހޮޅިއެއް ފަޅައިގެން ގޮސް ފެނުގެ ހިދުމަތަށް ބުރޫ އަރާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބައެއް ސަރަހައްދު ތަކަށް ފެނުގެ ޕްރޮޝަރު ވަރަށް ދަށްވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފެނުގެ ޕްރެޝަރު ދަށްވި ނަމަވެސް އެއްކޮށް ފެން ކެނޑިފައި ނުވާނެ ކަމަށާއި މިހާރު ވެސް ދަނީ ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހޮޅީގެ މަސައްކަތް ނިމި ފެނުގެ މައްސަލަ އަށް ހައްލު ގެނެވޭނީ ކޮން އިރަކު ކަން އޭރު، ބުނަން  ދަތި ކަމަށާއި އެމްޑަބްލިއުއެއްސީގެ ފަރާތުން މަސައްކަތުގެ އަޕްޑޭޓް ހިއްސާކުރަމުންދާނެ ކަމަށް އެކުންފުނިން ބުނެފައިވއެވެ. އަދި މަސައްކަތަށް އިތުރު ލަސްކަމެއް އަންނަ ނަމަ ވެސް ކަސްޓަމަރުންނަށް އެކަން އަންގައިދޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މިހާރު އެކުންފުނިން ބުނެފައިވަނީ ފެނުގެ މައްސަލަ ހައްލުވެ، އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެކުންފުނިން ޝުކުރު އަދާ ކުރެއެވެ. ދޭތެރޭ ދޭތެރެއިން މާލޭގެ ބައެއް ސަރަހައްދު ތަކުން ފެން ކެނޑުން މިއީ އާންމު ކަމެކެވެ. މައި ނެޓްވޯކްތަކުގެ މައްސަލަތައް ހައްލުކުރުމަށް އަޕްގްރޭޑިންގެ މަސައްކަތް ކުރާއިރު ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަން ވެސް ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް