ads
ތޫފާން ރާއިގެ ސަބަބުން ގެއްލުންވެފައިވާ އިމާރާތްތައް
ފިލިޕީންސް އަށް އެރި ތޫފާނުގެ ސަބަބުން އިތުރު ބަޔަކު މަރުވެދާނެ ކަމުގެ ބިރު
މި މަހުގެ 15 ވަނަ ދުވަހުގެ ފިލިޕީންސްއަށް އެރި ތޫފާން ރާއި ގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 208 އަށް އަރާފައި ވާކަމަށް އެގައުމުން ހާމަ ކޮށްފިއެވެ.
Advertisement

އެގައުމުގެ ފުލުހުން މިއަދު އާއްމު ކުރި އެންމެ ފަހުގެ މައުލޫމާތު ތަކަށް ބަލާއިރު، މިހާތަނަށް މަރުވި މީހުންގެ އަދަދު 208 އަށް އަރާފައި ވީނަމަވެސް މި އަދަދުތައް އިތުރުވެގެން ހިނގައިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މި ތޫފާނުގެ ސަބަބުން މިހާރުވެސް 59 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށާއި، 239 މީހަކަށް ސީރިއަސް އަނިޔާތަކަކާ އެކު ހޮސްޕިޓަލުގައި މިހާރު ވެސް ފަރުވާ ދެމުން އަންނަ ކަަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. 

މި ތޫފާނުގެ އަސަރު އެކި ގޮތްގޮތަށް 300،000 މީހުންނަށް ކޮށްފައި ވާއިރު، މީގެ ތެރެއިން ގިނަ ބަޔަކު ހާލުގައި ޖެހިދާނެ ކަމުގެ ބިރާ އެކު އެގައުމުގެ ސަރުކާރުން ވަނީ ބޭރު ދުނިޔޭގެ އެހީތެރިކަމަށް އެދިފައެވެ. 

ގަޑިއަކު 160 މޭލު ބާރު މިނުގައި އެރި މި ތޫފާނުގެ ސަބަބުން އެތައް އިމާރާތެއް ބިމާއި ހަމަވެފައި ވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެގައުމުގެ އިދާރާތަކުން އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. 

ކެޓެގަރީ ފަސް ގެ ބާރުމިނުގެ މި ތޫފާނަކީ، ފަހުގެ ތާރީހެއްގައި އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް