
އެމަނިކުފާނު، އަރަބިއްޔާގެ ބެލެނިވެރިންނާ ބައްދަލު ކުރައްވަން ނިންމަވާފައި މިވަނީ، އަރަބިއްޔާ ސުކޫލްގެ މައްސަލަ ބޮޑުވެ ބެލެނިވެރިން އިހުތިޖާޖު ކޮށްފައިވަނިކޮށެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް މިއަދު ވިދާޅުވީ، މި މައްސަލަ އާ ގުޅިގެން މިއަދު 11:00 ގައި ރައީސް ސޯލިހު ބެލެނިވެރިންނާ ބައްދަލު ކުރައްވަން ނިންމަވާފައި ވާކަމަށެވެ.
އަރަބިއްޔާ ސުކޫލްގެ މައްސަލަ ހޫނުވީ، އެސުކޫލް އިމާރާތުގެ ފެންވަރު ދަށްވެ، ދަރިވަރުން އެހެން ސުކޫލަކަށް ބަދަލު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމުމާއި ގުޅިގެންނެވެ.
އަރަބިއްޔާ ސުކޫލްގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލް އަށް ބަދަލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން އިއްޒުއްދީން ސުކޫލުން ވަނީ އެހާ ގިނަ އަދަދެއްގެ ކުދިން އެއް ސުކޫލެއްގައި ކިޔަވައިދިނުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބުނެފައެވެ.
އަރަބިއްޔާގައި ކިޔަވަމުން އަންނަ 900 ދަރިވަރުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރުމަށް އަރައްބިއްޔާ ސުކޫލްގެ ބެލެނިވެރިންވެސް ދެކޮޅު ހަދައެވެ.