ads
މުނި ހޯމްކެއާ ލިވިން ސެންޓަރު--
ސީލިންގާއި ފާރު ޒީނަތްތެރިކުރަން މުނި ހޯމް ކެއާއިން މާ ފަސޭހަ ގޮތެއް ތައާރަފުކޮށްފި
ޒަމާނުއްސުރެ ދިވެހިން ސީލިން ކުރުމާއި ފާރު ފަދަ ތަންތަން ޒީނަތްތެރި ކުރުމަށް ކުރަމުންއައި ބުރަ އަދި ކަވި މަސައްކަތަށް ލުޔެއް ހޯދާދިނުމުގެ ގޮތުން މާފަސޭހަ އަދި ހަރަދު ކުޑަ ގޮތެއް މުނި ހޯމްކެއާ އިން ތައާރަފުކޮށްފި އެވެ.

މުނި ހޯމްކެއާއިން ބުނި ގޮތުގައި ތުރުކީ ވިލާތުގެ "ކަލޯން" ބުރޭންޑުގެ ޑަބްލިޔު ޕީ ސީ އިކޯ ޕެނަލް އަކީ ތިމާވެއްޓާވެސް ރައްޓެހި، ދިގުމުއްދަތަކަށް ބޭނުންކޮށްލެވޭ، ފެނުގެ އަސަރުނުކުރާ އަދި އަލިފާން ނުހިފާނެހެން ތައްޔާރުކޮށްފައިވާ އިތުބާރުހުރި ޕްރޮޑަކްޓެކެވެ.

އެގޮތުން މި ޕްރޮޑަކްޓަކީ ދުނިޔޭގެ އެތައް ގައުމެއްގައި ގެ އާއި ހޮޓާ އަދި ކެފޭ އާއި ޝޯރޫމުގެ އިތުރުން ރިސޯޓު ފަދަ ތަންތަން ޒީނަތްތެރިކުރަން ބޭނުންކުރާ ޕްރޮޑަކްޓެކެވެ.

މި ޕެނަލް ސިސްޓަމަކީ އެންމެ ޒަމާނީ އަދި ގިނަބައެއްގެ މަގުބޫލުކަން ލިބެމުންދާ ފަސޭހަކަމާއި އެކު ރާވާލެވޭނެ ސިސްޓަމެއް ކަމުން، ޒީނަތްތެރިކުރުމުގެ މަސައްކަތްތައް އެންމެ ކުޑަ ޙަރަދަކުން، އެންމެ އަވަހަށް އަދި އެންމެ ފަސޭހަކަމާއި އެކު ކޮށްލެވޭނެ ކަމަށްވެސް މުނި ހޯމްކެއާއިން މައުލޫމާތުދެއެވެ.

އޭގެ އިތުރުން ލަކުޑިއާއި ތިމާވެއްޓާއި ރައްޓެހި ޕްލާސްޓިކްގެ ބާވަތެއް އެއްކޮށްގެން އުފައްދާފައި ހުންނަ މި ޕެނަލްތަކުގެ އެކި ޑިޒައިންތައް މުނި ހޯމްކެއާ އިން މިހާރު ލިބެން ހުރިއިރު މި ޕެނަލްތަކުގައި ހުންނަ ރީތި ހިތްގައިމު ފިނިޝިން ގެ ސަބަބުން، ވަރުނީސްކޮށް ދަވާދުލާ ރީތިކުރުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައްވެސް ކުރަން ނުޖެހޭނެ އެވެ.

your image

މުނި ހޯމް ކެއާއިން ބުނީ އާއްމުކޮށް ސީލިންގް އާއި ފާރު ފަދަ ތަންތަން ޒީނަތްތެރިކުރުމަށް ބޭނުންކުރާތަކެތި ފީވެ ހަލާކުވާ މައްސަލަ މި ޕެނަލްތަކަށް ދިމާނުވާނެ ކަމަށާއި އެހެންކަމުން މި ޕްރޮޑަކްޓް ފާހާނާ ފަދަ ތަންތަނުގައި ވެސް ބޭނުންކޮށްލެވޭނެ ކަމަށެވެ.


މޫސުމާގުޅޭގޮތަށް އެތެރެއާއި ބޭރުގައިވެސް އިތުބާރާއެކު ބޭނުންކޮށްލެވޭ "ކަލޯން" ބުރޭންޑުގެ ޑަބްލިޔު ޕީ ސީ އިކޯ ޕެނަލް އަމީނީ މަގުގައި ހުންނަ މުނި ހޯމްކެއާ ލިވިން ސެންޓަރުން ހެޔޮއަގުގައި މިހާރު ލިބޭނެ އެވެ. މުނި ހޯމްކެއާ އަކީ އަބަދުވެސް މި ފަދަ ޒަމާނީ، ފަސޭހަ އަދި ރީތިގޮތްތައް ތައާރަފްކުރަމުން އަންނަ ފިހާރައެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް