ads
ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒް 28
ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ބުނާ މުނީޒްގެ ފައިގައި ޓެގް އަޅުވައިފި
އިސްލާމިކް ސްޓޭޓްސް (އައިއެސް) އާ ގުޅިގެން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނާ ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒްގެ ފައިގައި ޓެގް އަޅުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުނީޒްގެ ފައިގައި ޓެގް އަޅުވައިފައިވަނީ، އޭނާ ބަންދުން މިދިޔަ ހަފްތާގައި ދޫކޮށްލުމާއި ގުޅިގެންނެވެ. އޭނާ ބަންދުން ދޫކޮށްލީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުގެ ސަބަބުން އޭނާ ދޫކޮށްލުމަށް ޕްރޮސެކިއުޓަރު ޖެނެރަލް ކޯޓުގައި އެދުމުންނެވެ. 

އޭނާ ކޯޓުން ދޫކޮށްލާފައިވަނީ، ހަރުކަށި ޝަރުތު ތަކަކާއި އެކުއެވެ. އެގޮތުން މާލެ ސަރަހައްދުން ބޭރަށް ނުދިއުމަށާއި، އިރުއޮއްސި 18:00 އިން ފެށިގެން ހެނދުނު 06:00 އަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އާއި 12:00 އާއި ދެމެދު ފުލުހުންގެ އިދާރާއަށް ހާޒިރުވެ ސޮއި ކުރުމަށްވަނީ ޝަރުތު ކޮށްފައެވެ. 

މީގެ އިތުރުން ކޯޓަށް ބަރާބަރަށް ހާޒިރު ވުމަށާއި، ސިއްހީ ލިޔެކިޔުންތައް ކޮންމެ 15 ދުވަހަކުން ކޯޓަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، މުނީޒްގެ މައްޗަށް މޮނިކޮން އަމުރު ހައި ކޯޓުން ނެރެފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ މިވަގުތު ދިރިއުޅެމުން ދަނީ، ހުޅުމާލޭގައެވެ. 

މުނީޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް