ads
ސިވިލް ކޯޓު-- ފޮޓޯ: ސަން
ގާޒީ އާދަމް އިބްރާހީމް އިސްމާޢީލްގެ ސުލޫކީ މައްސަލައެއް ބަލަނީ
ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާޢީލްގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފިއެވެ.
Advertisement

ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. 

ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ގޮތުގައި މިމައްސަލަ ތަޙްޤީޤުކުރުމަށް ނިންމީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 97 ވަނަ ޖަލްސާއިންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ތަހްގީގު ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

ދާދި ފަހުން އެކޮމިޝަނުން ވަނީ ގއ. ވިލިނގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރު، މަގާމުގެ ނަހަމަ ބޭނުންކޮށްގެން ކުންފުންޏަކަށް ފައިސާތަކެއް ދޫކޮށްފައިވާ މައްސަލައެއް ވެސް ބަލާފައެވެ. 

އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ކުރި ދިރާސާއަށް ފާހަގަވެފައި ވަނީ އެކަމަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށެވެ.

މި މައްސަލައަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރަން ނިންމި ފައިސާތަކެއްގެ މައްސަލައެވެ.

ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅިފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށާއި އަދި އެއާއެކު އެމައްސަލަ ދިރާސާ ކޮށްފައިވާކަމަށް ކޮމިޝަނުން ބުނެއެވެ.  

މިމަހުގެ 15 ވަނަދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ފަނޑިޔާރުންގެ މަގާމަށް މީހުން ހޯދަން ވެސް ހުޅުވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް