އެއީ ފުރުގާން މިސްކިތާއި ޖަލާލުއްދީން މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ އުމަރު ބިން ހައްޠާބު މިސްކިތް ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީ ކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް، އެ 4 މިސްކިތް އޭސީކޮށް ނިންމާ ރެއިން ފެށިގެން ވަނީ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި މިއީ މި މިސްކިތްތަކުގައި އަޅުކަމުގައި ވަގުތު ހޭދަކުރައްވާ ބޭފުޅުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަން ހީނާ ވަނީ ފާހަގަކުރައްވާފަ އެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިސްކިތުގެ މައި ހޯލުގައި 800 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި އޭސީކޮށް މި ރޯދަމަސް ފެށުމުގެ ކުރިން ބޭނުންކުރަން ފަށާނެ ކަމަށެވެ.