ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 2020 ވަނަ އަހަރު ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ޕީއެންސީގެ އެކްޓިވިސްޓްޝަހީބު އިބްރާހީމަށް، 650،000 ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކުރީ ސިވިލް ކޯޓުންނެވެ. އެއީ 2019 ވަނަ އަހަރު ޝަހީބުގެ ފަރާތުން، ށ. ފޯކައިދޫ އައްސޭރި އަހްމަދު އަޝްފާގަށް ދިން ކަމަށް ބުނާ 650،000 ރުފިޔާ އަނބުރާ ހޯދަން ހުށަހެޅި މައްސަލައެކެވެ.
ތިން މަސް ދުވަހުގެ ތެރޭގައި 650،000 ރުފިޔާ ޝަހީބުއަށް ދައްކަން ސިވިލް ކޯޓުން ހުކުމް ކުރިއިރު، އޭނާ ހުރީ 50 އަހަރުގެ ހުކުމެއްގައި ޖަލުގައެވެ. 50 އަހަރުގެ ހުކުމުގެ އިތުރުން، 10 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން މިދިޔަ ސެޕްޓެމްބަރު މަހުވަނީ ޝަހީބުގެ މައްޗަށް ހުކުމް އިއްވާފައެވެ.
މި މައްސަލަ މިހާރު އޮތީ ހައިކޯޓުގައި ޝަހީބުގެ ފަރާތުން އިސްތިއުނާފު ކޮށްފަ އެވެ.